Tuesday, March 29, 2011

Zinaa – fornication and adultery

Zinaa – fornication and adultery


One of the aims of Islamic sharee’ah is to preserve honour and lineage, so zinaa (unlawful sexual intercourse) is forbidden. Allaah says:
وَلَا تَقْرَبُوا الزِّنَىٰ ۖ إِنَّهُ كَانَ فَاحِشَةً وَسَاءَ سَبِيلًا ﴿٣٢﴾  سورة الإسراء ٣٢
“And come not near to unlawful sexual intercourse. Verily it is a faahishah (a great sin) and an evil way (that leads to Hell unless Allaah forgives)” [Qur’an 17:32]
Sharee’ah blocks all the ways and means that could lead to zinaa, by enjoining hijaab and lowering the gaze, and by forbidding being alone with a non-mahram woman, etc.
The married man who commits adultery deserves the worst kind of punishment, which is stoning to death, so that he may taste the results of his deeds and so that every part of his body may suffer just as every part of his body enjoyed the illicit liaison. The fornicator who was previously unmarried is to be punished with the maximum number of lashes mentioned in sharee’ah, which is 100 lashes, in addition to the scandal of this punishment being witnessed by a group of believers, and the humiliation of being banished from his city and the scene of his crime for one full year.

Sunday, March 27, 2011

ޙޫރުލް ޢީނުންނާއި ބެހޭ ގޮތުން ބުނެދެއްވާށެވެ

ޙޫރުލް ޢީނުންނާއި ބެހޭ ގޮތުން ބުނެދެއްވާށެވެ.

  ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުއްލަތީފް ސުވާލު:
ސުވަރުގޭގައި މުސްލިމު އަންހެނުންނާއި ޙޫރުލްޢީންނުގެ ތެރެއިން ރީތިވާނީ ކޮންބައެއްތޯއެވެ؟ އަދި މާތްވެ މަތިވެރި ވާނީ ކޮންބައެއްތޯއެވެ؟ މިކަމުގއި ހުރި ދަލީލު ތަކާއި އަދި މި މައްސަލާގައި ކިޔަން ރަނގަޅު ފޮތްތަކެއް ބުނެދެވުން އެދެމެވެ. ބަރާކަތްﷲ ފީކަ ވަ ފީ ޢިލުމިކަ.

ޖަވާބު:
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد: ސުވަރުގޭގައި އެންމެ މަދުން އަނބިން ލިބޭމީހަކަށްވެސް ދެއަނބިން ލިބޭނެއެވެ. ގިނައިން ލިބޭ މީހުންވެސް ތިބެއެވެ. ވަކި ޢަދަދެއް ސުންނަތުން ޘާބިތުވަނީ ހަމައެކަނި ﷲ ގެ މަގުގައި ޖިހާދު ކުރަނިކޮށް ޝަހީދުވީ ޝަހީދުންނަށެވެ. އެމީހުންނަށް 72 ޙޫރުލް ޢީނުން ލިބޭނެކަމަށެވެ.

Thursday, March 24, 2011

އަހަރެންގެ މަންމަ

އަހަރެންގެ މަންމަ...
އަހަރެންގެ މަންމަ މުޅި ދިރިއުޅުން އަހަންނަށްޓަކައި ޤުރުބާން ކޮށްލައިގެން އަހަރެން ބަލާ ބޮޑު ކުރަމުން ގެންދިޔައެވެ. އެހެންނަމަވެސް އަހަރެން އެކަމަކަށް ފަރުވާލެއް ނުބަހައްޓަމެވެ. މަންމައާއި މެދު ކަންތައް ކުރަމުން ދިޔައީ ހިތު ހުރި ގޮތަކަށެވެ. އެންމެ ފަހުން މަންމަ ދޫކޮށްފައި އަހަރެން އެހެން ޤައުމަކަށް ދިޔައީއެވެ. އެވަރުންވެސް އަހަރެންދެކެ މަންމަ ވާ ލޯތްބަށް ކުޑަވެސް ބަދަލެއް ނާދެއެވެ.
އަހަރެން ކުރީގައި އުޅުނު ގެ ބަލާލަން ދިޔުމުން އަވައްޓެރީންގެ ފަރާތުން ޚަބަރު ލިބުނީ މަންމަ ނިޔާވި ވާހަކައެވެ. އެހެންނަމަވެސް އޭގެ ސަބަބުން އަހަރެންނަށް އެއްވެސް އަސަރެއް ނުކުރެއެވެ. މަންމަ މަރު އެނދުމަތީގައި އޮވެ އަހަރެންނާއި ހަވާލު ކުރަން ދީފައިވާ ސިޓީއެއް އެމީހުން އަހަރެންގެ އަތަށް ދިނެވެ. އެސިޓީ ކިޔާލުމުން އަހަރެންގެ ހިތް މުޅިން ކުދިކުދި ވެގެން ދިޔައެވެ. އަހަރެންގެ އުފަލަށްޓަކައި މަންމަ ޤުރުބާން ނުކުރަނީ ކޮން ކަމެއްހެއްޔެވެ؟

Wednesday, March 23, 2011

Gold teeth

Gold teeth
 
What is the ruling on having gold teeth fitted?.

Praise be to Allaah.  
Shaykh Muhammad ibn ‘Uthaymeen (may Allaah have mercy on him) said: 
It is not permissible for men to have gold teeth fitted unless that is essential, because it is haraam for a man to wear gold or adorn himself with it. With regard to women, if it is customary for women to adorn themselves with gold teeth, then there is nothing wrong with them doing that; a woman may plate her teeth with gold if it is customary for women to adorn themselves in this manner, and it is not extravagance, because the Prophet (peace and blessings of Allaah be upon him) said: “Gold and silk have been permitted for the females of my ummah.” 
If a woman dies in this state, or if a man dies who wore a gold tooth out of necessity, then it should be removed, unless there is the fear of mutilation of the corpse, i.e., there is the fear that the gum may be split, in which case it should be left alone. That is because gold is considered to be a kind of wealth, and wealth is to be inherited by the heirs of the deceased; leaving it with the deceased and burying it is a waste of money. 
From Majmoo’ al-Fataawa by Shaykh Muhammad ibn ‘Uthaymeen, 18/108.

Monday, March 21, 2011

The Light

The Light
Al-Nur (The Light)






"God is the Light of the heavens and the earth." Qur'an - Chapter 24: Verse 35 (partial)

Scholars, such as the eleventh-century philosopher al-Ghazali understood this "light," or "nur", to be the true quintessential light or the definitive source of all light in the universe. He goes on to explain that to describe God as Light puts Him above everything else in existence and points to His power to create living matter out of dark nothingness. The evidence of God's existence and power is so overwhelming and pervasive in the physical universe as well as in our own everyday lives, that only the ignorant or the arrogant can be blind to it.
Others interpret 'light' as the guidance God infuses into the hearts of believers that gives them the ability to discern right from wrong, good from evil, and gives them a strong belief and confidence in their faith and what they profess to be true.
On closer reflection, the two meanings of the word "nur" will be found to be complementary. As one marvels at the light observed in the physical world, it leads to guidance being imbued inside one's heart, drawing one closer to God. Those who fail to be aware of God and deny or ignore His power and role in the world will be deprived of the privilege of God's Light and guidance, no matter how materially fortunate or advanced or successful they may be.
Compiled From:
"A Thematic Commentary on the Quran" - Muhammad Al-Ghazali, pp. 380, 381

Sunday, March 20, 2011

غرباء – ބީރައްޓެހީން

  غرباء ބީރައްޓެހީން
 لَيْسَ الْغَرِيْبُ هُوَ الذِّي فَارَغَ الدِّيَارَ وَوَدَّعَ الأَهْل
ބީރައްޓެއްސަކީ އެމީހެއްގެ ގެއާއި އަނބިދަރިން ދޫކޮށްފައި ދާމީހެއްނޫނެވެ.

وَلَكِنَّ الْغَرِيْبَ هُوَ الذِّي يَجِدُّ وَالنَّاسُ مِنْ حَوْلِهِ يَلْعَبُونَ
އެހެނެއްކަމަކު ބީރައްޓެއްސަކީ، އެމީހެއްގެ ވަށައިގެން މީސްތަކުން ކުޅިމަޖަލުގައި އުޅޭއިރު (ދީނުގެ) ކަންތައްތަކުގައި ގަދައަޅާ މަސައްކަތްކުރާ މީހާއެވެ.
وَيَصْحُو وَالنَّاسُ مِنْ حَوْلِهِ يَنَامُونَ
އަދި އެމީހެއްގެ ވަށައިގެންވާ މީސްތަކުން ނިދާފާވާއިރު ހޭލާ (ރޭއަޅުކަމުގައި) ހުންނަ މީހާއެވެ.

وَيَسْلُكُ دَرْبُ الْخَيْرِ وَالنَّاسُ فِي ضَلاَلِهِمْ يَتَخَطَطُونَ
އަދި މީސްތަކުން އެމީހުންގެ އެމަގުފުރެދުމުގައި ބިންވަޅުނެގި ހަލާކުވެ ދާއިރު، އެންމެ ހެޔޮ މަގު ޚިޔާރު ކުރި މީހާއެވެ.
وَصَدَقَ الشَّاعِرُ إِذْ يَقُولُ:
ފަހެ ޅެންވެރިޔާ ބަޔާންކުރާ ފަދައިން، އެއީ ހުސް ތެދެވެެ.

قاَلَ لِي صَاحِبٌ أَرَاكَ غَرِيْبًا
އަހަރެންގެ ރަޙްމަތްތެރިއަކު އަހަންނަށް ބުންޏެވެ. "އަހަންނަށްް ތިބާ ފެންނަނީ ބީރައްޓެއްސެއްގެ ގޮތުގައެވެ.
بَيْنَ هَذَا الأَنَامِ دُونَ خَلِيْلٍ
އަދި މިމީސްތަކުންގެ ތެރޭގައި ތިބާ ތިޔަވަނީ ގާތް ރަޙްމަތްތެރިއަކުވެސް ނެތިއެވެ."

قُلْتُ كَلاَّ! بَلِ الأَنَامُ غَرِيْبٌ أَنَا فِي عَالَمٍ وَهَذِهِ سَبِيْلِي
އަހަރެން ބުނީމެވެ. "ހަމަހިލާ އެހެނެއް ނޫނެވެ. އެހެނެއްކަމަކު މީސްތަކުންނަކީ އެއީ ބީރައްޓެހީންނެވެ. އަހަރެން މިވަނީ ދުނިޔޭގައި (ޙައްޤުގެ މަގުގަ) އެވެ. އަދި މިއީ އަހަރެންގެ މަގެވެ."
هَذَا هُوَ الْغَرِيْبُ
ފަހެ ބީރައްޓެއްސަކީ މިއީއެވެ.
غَرِيْبٌ عِنْدَ الْعَابِثِيْنَ مِنَ الْبَشَرُ
މަލާމާތްކޮށް ފުރައްސާރަ ކުރާ މީހުންގެ ކައިރީގައި ބީރައްޓެހީން ކަމުގައިވާ މީހުންނެވެ.

وَلَكِنَّهُ عِنْدَ رَبِّهِ فِي مَقَامٍ كَرِيْم
އެހެނެއްކަމަކު އޭނާގެ ރައްބުގެ ޙަޟްރަތުގައި އޭނާ ވަނީ މަތިވެރިވެގެންވާ މަޤާމެއްގައެވެ.
***********//**************//**************//***********
غُرَبَاء ... غُرَبَاء ... غُرَبَاء ... غُرَبَاء
ޣުރަބާ ... ޣުރަބާ ... ޣުރަބާ ... ޣުރަބާ (ބީރައްޓެހީން).
غُرَبَاءٌ وَلِغَيْرِ اللهِ لاَ نَحْنِ الْجِبَاه
އަހަރެމެންނަކީ ބީރައްޓެހީންނެވެ. އަހަރުމެން ﷲ ތަޢާލާ ފިޔަވައި އެހެން ފަރާތަކަށް ބޯނުލަނބާނަމެވެ.
غُرَبَاءٌ وَارْتَضَيْنَاهَا شِعَارًا لِلْحَيَاة
އަދި އަހަރެމެންގެ ދިރިއުޅުމުގެ ޙަޔާތުގެ ޝިޢާރެއްކަމުގައި (ނަމެއް ކަމުގައި) 'ބީރައްޓެހިން' ހަދައި އެއަށް ރުހިއްޖައީމެވެ.
إِنْ تَسَلْ عَنَّا فَإِنَّا لاَ نُبَالِي بِالطُّغَاة
ތިބާ އަހަރެމެން ގާތު އަހައިފިކަމުގައިވާނަމަ (އަހަރުމެން ބުނާނަމެވެ)، ފަހެ އަހަރުމެން ނުބައި ނުލަފާ ވެރީންނަކަށް (އެމީހުން ދައްކާ ވާހަކައަކަށް ނުވަތަ ކުރާ ކަމަކަށް) ފަރުވާލެއް ނުބަހައްޓަމެވެ.

نَحْنُ جُنْدُ اللهِ دَوْماً دَرْبُنَا دَرْبُ الأُباَة
ފަހެ އަހަރުމެންނަކީ ﷲގެ މަގުގައި ފޯރިމަރާ އެއިލާހުގެ ޖުނޫދުން (ހަނގުރާމަވެރީން) ނެވެ. އަދި އަހަރުމެންގެ މިމަގަކީ މަތިވެރިވެގެންވާ އަދި ޝަރަފް ލިބިގެންވާ މަގެކެވެ.
لَنْ نُبَالِي بِالْقُيُودِ بَلْ سَنَمْضِي لِلْخُلُودِ
އަހަރުމެންގެ ގައިގާ ކަސްދޮޅު އަޅުވައި ހައްޔަރު ކުރިއަސް، އެއަކަށް ފަރުވާލެއް ނެތެވެ. އެހެނެއްކަމަކު އަހަރުމެންގެ ގޮތުގައި އަބަދުވެސް އަހަރުމެން ޘާބިތުވެ ދެމިތިބޭނަމެވެ.
فَلْنُجَاهِدُ وَنُنَاضِلْ وَنُقَاتِلْ مِنْ جَدِيْدِ
ފަހެ މުޅިން އާފެށުމަކުން އަނެއްކާވެސް އަލުން ޖިހާދުކޮށް ހަނގުރާމަކޮށް ޤިތާލުކޮށް ހަދާނަމެވެ.
غُرَبَاءٌ هَكَذَا الأَحْرَارُ فِي دُنْيَا الْعَبِيْدِ
އަޅުންގެ މިދުނިޔޭގައި ބީރައްޓެހިންނަށް މިނިވަންކަންވަނީ މިހެންނެވެ.
كَمْ تَذَاكَرْنَا زَمَاناً يَوْمَ كُنَّا سُعَدَاءُ
އަހަރުމެން އުފާވެރިކަމުގައި ހޭދަކުރި ދުވަސްތައް ހަނދާންވަނީ ކިހާވަރަކަށް ހެއްޔެވެ.
بِكِتَابِ اللهِ نَتْلُوهُ صَبَاحاً وَمَسَاءاً
ފަހެ ހެނދުނާއި ހަވީރު ﷲ ތަޢާލާގެ ފޮތުން އަހަރުމެން އެވާހަކަތައް ކިޔަމުއެވެ.
غُرَبَاء ... غُرَبَاء ... غُرَبَاء ... غُرَبَاء
ޣުރަބާ ... ޣުރަބާ ... ޣުރަބާ (ބީރައްޓެހިޔާ)
قاَلَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمْ: "بَدَأَ الإِسْلاَمُ غَرِيْبًا وَسَيَعُودُ غَرِيْبًا كَمَا بَدَأَ فَطُوبَى لِلْغُرَبَاء"
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅު ކުރައްވާފައި ވެއެވެ. "އިސްލާމްދީން ފެށިގެން އައީ ބީރައްޓެހި ކޮށެވެ. އަދި އެދީން ފެށުނު ގޮތަށް، އަލުން އެނބުރި ބީރައްޓެހިކަމަށް ރުޖޫޢަވާނެއެވެ. ދަންނައެވެ. ބީރައްޓެހިންނަށް އުފާވެރިކަން ހުއްޓެވެ."

Friday, March 18, 2011

އިސްލާމްދީނުގައި އަންހެނުންގެ މަގާމު

އިސްލާމްދީނުގައި އަންހެނުންގެ މަގާމް
ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުއްލަތީފް
އިސްލާމްދީން އައުމުގެ ކުރިން އަންހެނުންނާ މެދުގައި ކަންތައް ކުރެވެމުން ދިޔައީ ވަރަށްވެސް އަނިޔާވެރި ގޮތަކަށެވެ. ދިރިއުޅުމުގެ ހުރިހާ ބާރުތަކެއް އޮތީ ފިރިހެނުންގެ އަތްމަތީގައެވެ. އަންހެނުންނަކީ އެއްވެސް އާރެއް ބާރެއް އިޙްތިރާމެއް ލިބިގެންވާ ބަޔެއް ނޫނެވެ. އެކަމުގެ މިޘާލެއްގެ ގޮތުން ބުނާނަމަ ފިރިމަރުވެފައިވާ އަންހެނުން، އެކަނބަލުންގެ މަރުވި ފިރިމީހާގެ އެހެންބަނޑެއްގެ ދަރިޔަކު ދުނިޔޭގައި ހުރިނަމަ، އެއަންހެންމީހާ އާއި ކައިވެނި ކުރުމުގެ ޙައްގު ލިބިގެންވަނީ އެފިރިހެން ދަރިފުޅަށެވެ. މީގެ އިތުރުން ވާރުތަ މުދަލުން ލިބެނީ ހަމައެކަނި ފިރިހެނުންނަށެވެ. އަންހެނުންނާއި ކުޑަކުދިންނަށް އެއްވެސް ވަރެއްގެ ނަޞީބެއް ވާރުތަ މުދަލުގައި ނުވެއެވެ. އަންހެނުންނާއި މެދުގައި ދެކެމުން އައީ ނަފްރަތުގެ ނަޡަރަކުންނެވެ. އެބައިމީހުންނަށް އަންހެން ދަރިޔަކު ލިބިއްޖެކަމުގެ ޚަބަރު ލިބިއްޖެނަމަ، އެކަމުގެ ހިތާމާގައި މޫނުމަތި އަނދިރިވެގެންދެއެވެ. އައްނަޙްލު ސޫރަތުގެ 58-59 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَإِذَا بُشِّرَ أَحَدُهُم بِالْأُنثَىٰ ظَلَّ وَجْهُهُ مُسْوَدًّا وَهُوَ كَظِيمٌ ﴿٥٨﴾ يَتَوَارَىٰ مِنَ الْقَوْمِ مِن سُوءِ مَا بُشِّرَ بِهِ ۚ أَيُمْسِكُهُ عَلَىٰ هُونٍ أَمْ يَدُسُّهُ فِي التُّرَابِ ۗ أَلَا سَاءَ مَا يَحْكُمُونَ) މާނައަކީ: "އަދި އެއިން މީހަކަށް، އަންހެންދަރިއެއް ލިބިއްޖެކަމުގެ خبر ދެވިއްޖެނަމަ، އެމީހެއްގެ މޫނު އަނދިރިވެގެންދެތެވެ. އޭނާއަށް އެކަމުގެ ހިތާމަ ލިބިގެންވާ حال ގައެވެ. އެމީހާއަށް ދެވުނު خبر ގެ ނުބައިކަމުން، މީސްތަކުންގެ ކިބައިން އޭނާ ނިވައިވެގަނެތެވެ. ނިކަމެތިކަންމަތީގައި، އޭނާ އެ ކުއްޖާ ގެންގުޅޭނީ ބާވައެވެ؟ ނުވަތަ ފަސްގަނޑުގެ ތެރެޔަށް އެ ކުއްޖާ ކޮށްޕައިލާނީ ބާވައެވެ؟ ދަންނާށެވެ! އެއުރެންކުރާ حكم ހާދަހާ ނުބައިވެގެންވެއެވެ".

Thursday, March 17, 2011

The repentance of one who killed a hundred

The repentance of one who killed a hundred


Abu Sa’eed Al-Khudri (may Allah be pleased with him) reported that the Prophet (peace and blessings of Allaah be upon him) said:
“There was among the people who came before you a man who killed ninety-nine people. Then he asked about the most knowledgeable person on earth, and was directed to a hermit, so he went to him, told him that he had killed ninety-nine people, and asked if he could be forgiven. The hermit said, ‘No,’ so he killed him, thus completing one hundred. Then he asked about the most knowledgeable person on earth and was directed to a scholar. He told him that he had killed one hundred people, and asked whether he could be forgiven. The scholar said, ‘Yes, what could possibly come between you and repentance? Go to such-and-such a town, for in it there are people who worship Allaah. Go and worship with them, and do not go back to your own town, for it is a bad place.” So the man set off, but when he was halfway there, the angel of death came to him, and the angels of mercy and the angels of wrath began to argue over him. The angels of mercy said: ‘He had repented and was seeking Allaah.’ The angels of wrath said: ‘He never did any good thing.’ An angel in human form came to them, and they asked him to decide the matter. He said: ‘Measure the distance between the two lands (his home town and the town he was headed for), and whichever of the two he is closest to is the one to which he belongs.’ So they measured the distance, and found that he was closer to the town for which he had been headed, so the angels of mercy took him.” (Agreed upon).

Wednesday, March 16, 2011

ހެޔޮބަސް-1

 ހެޔޮބަސް-1
ފާޠިމަތު ޖުމާނާ ޢަބްދުލްހާދީ

ކޮއްކޮމެންގެ ދެއަތުގެ ޖާދޫ ކޮއްކޮމެންނަށް އެނގޭހެއްޔެވެ؟ ހުރިހާ އިނގިއްޔަކަށް ބެލިކަމުގައިވިޔަސް ފެންނާނީ ތަފާތުކަމެކެވެ. އެއްވެސް އިނގިއްޔެއް އެއްވަރު ނުވެއެވެ. އަތުގެ ދެފުށަށް ކަމުގައިވިޔަސް ދެފުށުން ވެސް ފެންނާނީ ދެކުލަ އެކެވެ. އެއްފުށުގައި ހުދު ކުލައެކެވެ. އަނެއްފުށުގައި ކަޅު ނުވަތަ ދޮން ކުލައެކެވެ. އެއްކުލައެއް ނުފެނެއެވެ. އެހެންނަމަވެސް މި ދެއަތުން ކޮއްކޮމެން ކުރަން ބޭނުންވާ ހުރިހާ ކަމެއް ވެސް ކުރެވެއެވެ. ދެފުށުގެ ކުލައިން ރުޅިގަދަ އެއްވެސް ނުވަމެވެ. ބޭނުންވާ ކަމެއް ކުރެވުމުން އުފާވެއެވެ.
ކޮއްކޮމެންނަށް އެނގޭ ހެއްޔެވެ؟ ކޮއްކޮގެ މަންމަ އާއި ބައްޕަގެ ވެސް ތިބޭނީ އެކިވަރުގެ ކުދިންނެވެ. ބައެއްކުދިން ދިގުވާނެއެވެ. އަނެއްބައި ކުދިން ކުރުވާނެއެވެ. އަނެއްބައި ކުދިން ފަލަވާނެއެވެ. އަނެއްބައި ކުދިން ހިކިވާނެއެވެ. އަނެއްބައިކުދިން ކަޅުވާނެއެވެ. އަދި އަނެއްބައި ކުދިން ދޮންވާނެއެވެ. މިހެންވުމުން ބައެއް ކުދިންނަށް ރުޅި އާދެއެވެ. އަނެއްބައިކުދިން ދެރަވެއެވެ. އެއްކުއްޖަކު އަނެއް ކުއްޖަކަށް ވަރަށް ތަފާތު ކުރެވެއެވެ. އެކަމަކު އެއީ ވަރަށް ގޯސް ކަމެކެވެ.
ކޮއްކޮމެންނަށް އެކަން އެނގޭ ހެއްޔެވެ؟ ކޮންމެ ގޮތަކަށް ކޮންމެ ސިފައެއްގައި ހުއްޓަސް އެއީ ހަމަ ކޮއްކޮމެންގެ ދައްތަ ، ބޭބެ ، ކޮއްކޮ ނުވަތަ ކޮންމެވެސް ތިމާގެ މީހެކެވެ. ކޮންމެ ކުއްޖަކަށްވެސް އެއްކުއްޖަކު އަނެއްކުއްޖަކު ބޭނުންވާ ކަންތައްތައް ކޮށްދެވޭނެއެވެ. އެހީތެރިވެވޭނެއެވެ. އެއް ކުއްޖަކު އަނެއްކުއްޖަކަށް އެކި ކަންކަމުގައި އެހީތެރިވުމަކީ ވަރަށް މާތް ހުރިހާ އެންމެންވެސް ވަރަށް ލޯބިވާނެ ސިފައެކެވެ. އެހެންކަމުން ކޮންމެ ކުއްޖަކީވެސް އެންމެންގެ ލޯބި ލިބިގެންވާ ކުއްޖަކަށްވާން ވާނެއެވެ. އެއްވެސް ކުއްޖަކު ދެރަކޮށް ތިޔައީ އަހަންނަށް ވުރެ މާ ކަޅު ކުއްޖެކޭ ތި ކުއްޖާ އާއި އެކީ ނުކުޅޭނަމޭ ނުބުނައްޗެވެ. އޭރުން އެ ކުއްޖަކު ވަރަށް ދެރަވާނެއެވެ. ކޮންމެ ގޮތަކަށް ހުއްޓަސް އެއީ ހަމަ ކޮއްކޮ ފަދަ ކުއްޖެކެވެ. ކޮއްކޮ އާއި ދިމާލަށްވެސް ތިޔައީ ހާދަ ފަލަ ، ކަޅު ކުއްޖެކޭ ބުނެފިއްޔާ ދެރަވާނެއެވެ. އެއްވެސް ކުއްޖަކު ޚާއްސަކޮށް އެއްބަނޑު އެއްބަފާ އެއްވެސް ކޮއްކޮ އެއް ބޭބެ އެއް ތަފާތު ނުކުރައްޗެއެވެ. އޭރުން ތި ހުރިހާ ކުދިންނަކީވެސް ވަރަށް ބަސް އަހާ ކުދިންނަށް ވާނެއެވެ.

Tuesday, March 15, 2011

މަންމައަކު ރޮއްވާލި، ދަރިއެއްގެ ކުރެހުން

މަންމައަކު ރޮއްވާލި، ދަރިއެއްގެ ކުރެހުން!
ތަރުޖަމާ: ނަބީލް
ކުޑަކުޑަ ޢާއިލާއެކެވެ. ދެ ފިރިހެން ކުދިންނާއި އަންހެން ކުއްޖެކެވެ. ދަރީންނަށް އޯގާތެރި މަންމަ އެކެވެ. ދިރިއުޅުމަށްޓަކައި އަވަދިނެތި މަސައްކަތްކުރާ ބައްޕައެކެވެ.
ޢާއިލާގައި ބާކީ ދެން ހުންނަނީ އެންމެ ފަރުދެކެވެ. އެއީ ކުދީންގެ މަންމަގެ މަންމައެވެ. އެހެނަސް ވަރަށް ބަލި މާމައެކެވެ. ގޭގެ އެއްކަނެއްގައި ކުޑަކުޑަ ކޮޓަރިގަނޑެއް މާމައަށް ޚާއްސަކުރެވިފައި ހުރެއެވެ. މާމައަކީ ޢާއިލާއާ ވަކިކޮށްލެވިފައިވާ މީހެއް ކަހަލައެވެ. ކުދީން އެކޮޓަރިއަށް ވައްދާ މާމަ އުފާކޮށްދިނުމެއް ނޯވެއެވެ.
އެއްދުވަހެއްގައި ކުދީންގެ މަންމަ މާމައަށް ކާންދިނުމަށްޓަކައި މާމަގެ ކޮޓަރިއަށް ދަމުން ކުރެހުމުގެ މަސައްކަތެއް ކުދީންނާ ހަވާލުކުރިއެވެ. އެނބުރި އައިރު ކޮންމެ ކުއްޖަކު ވެސް ވަނީ ހަވާލުކުރެވުނު މަސައްކަތް ވަރަށް ފުރިހަމައަށް ނިންމާފައެވެ.
އަންހެން ދަރިފުޅު ކުރަހާފައި ހުރި މަންޒަރު ވަރަށް ވެސް ރީތިވެފައި ލޮލަށް ފަސޭހައެވެ. އެންމެ ބޮޑަށް ހުންނަ ފިރިހެން ކުއްޖާ ކުރަހާފައި ހުރީ ކާރުތަކަކާއި އަދި އެ ނޫންވެސް އެއްޗެއްސެވެ.
މަންމަ ޢަޖައިބުވީ އެންމެ ތުއްތު ދަރިފުޅު ކުރަހާފައި ވާ އެއްޗެހި ފެނިފައެވެ. އޭނާ ކުރަހާފައި ހުރީ ހަތަރެސްކަން ގޮޅިތަކެކެވެ. މަންމަ ވަރަށް ޢަޖައިބުވެފައި ދަރިފުޅާ ސުވާލުކުރިއެވެ. ލޯބިވާ ދަރިފުޅާއެވެ. ދަރިފުޅު ކުރަހާފައި މިހުރީ ކޮން އެއްޗެއްހެއްޔެވެ؟
ދަރިފުޅު ވަގުތުން ޖަވާބު ދިނެވެ. މިއީ އަހަރެން ބޮޑުވެގެން އަހަންނަށް ލިބޭ ގެ ހަދާނެ ގޮތެވެ. ދެން މަންމަ ވަރަށް ހިނިތުންވެ ހުރެ އަނެއްކާ ވެސް ކުރެހުމަށް ބަލާލިއެވެ. އެހިނދު އެހެން ގޮޅިތަކާއި ވަރަށް ބޮޑަށް އެކަހެރި ކުރެވިފައިވާ ގޮޅިއެއް ފެނުނެވެ. އަދި ދަރިފުޅާ ދެވަނަ ފަހަރަށް ސުވާލުކުރިއެވެ. ލޯބިވާ ދަރިފުޅާއެވެ. ހާދަބޮޑަށް އެހެން ގޮޅިތަކާއި ވަކިކުރެވިފައި މިހުރީ ކޮން ގޮޅިއެއްހެއްޔެވެ؟
ދަރިފުޅު ޖަވާބުދިނެވެ. މިއީ މާމަ ފަދައިން މަންމަ މުސްކުޅިވުމުން މަންމައަށް ޚާއްސަކުރެވިފައިވާ ގޮޅިއެވެ.
މަންމަ އަށް ލިބުނީ ކުއްލި ސިހުމެކެވެ. ފިކުރުބޮޑުވެ ދެކަކޫ މައްޗަށް ތިރިވިއެވެ. އިސާހިތަކު ދެލޮލަށް ޖަމާވި ކަރުނަތައް ހިފެހެއްޓުމެއް ނެތި ކޯތާފަތް މައްޗަށް އޮހެން ފެށިއެވެ.
ދަރީންނަށް ފެންނާނީ ދަރީންނަށް ދެއްކި ނަމޫނާއެކެވެ. ދަރީންގައި ހުންނާނީ އަހަރެމެން ކުރި ތަރުބިއްޔަތެކެވެ. އަހަރެމެންނާ މެދު އަހަރެމެންގެ ދަރީން މިނާނީ އަހަރެމެން އަހަރެމެންގެ މައިބަފައިންނަށް މިނެދިން ނާޅިއަކުންނެވެ.
-ނިމުނީ-

Monday, March 14, 2011

އީމާންކަމުގެ ސަވާރީތަކުގައި

އީމާންކަމުގެ ސަވާރީތަކުގައި...
ތަރުޖަމާ: ނަބީލް
ރިވާވެގެންވެއެވެ. އިބްރާހީމް ބިން އަދްހަމް ރަޙިމަހުﷲ ފައިމަގުގައި ހިންގަވާފައި ކަޢުބަތުﷲ ގެފުޅަށް މައްކާއަށް ދަތުރުކުރައްވަނިކޮށް ޢައުރާބީންގެ މީހަކަށް ފެނިގެން ސުވާލުދެންނެވިއެވެ. (ޢައުރާބީންނަކީ ރަށްފުށު ހިސާބުތަކުގައި ދިރިއުޅޭ މީހުންނެވެ.) މިދިގު ދަތުރަށް ނިކުތް އިރު ތިބާ އަރާނެ ސަވާރީއެއް ނެތްތާނގައި ކާނޭ އެއްޗެއް ވެސް ނުލައި ތިޔަ ނުކުތީ ތިބާއަކީ މޮޔައަކީހެއްޔެވެ؟ އެހިނދު އިބްރާހީމް ބިން އަދްހަމް ވިދާޅުވިއެވެ. އަހަރެންގެ ސަވާރީތައް ގިނައެވެ. ތިބާއަށް ނުފެންނަނީއެވެ. އެމީހާ ދެންނެވިއެވެ. އެއީ ކޮން ސަވާރީއެއްހެއްޔެވެ؟
ވިދާޅުވިއެވެ. ބަލާވެރިކަމެއް ޖެހިއްޖެނަމަ އަހަރެން ސަވާރުވާނީ ކެތްތެރިމަކުގެ ސަވާރީއަށެވެ. ނިޢުމަތެއް ދެއްވައިފިނަމަ ޝުކުރުވެރިވުމުގެ ސަވާރީއަށެވެ. ކަންކަން މާތްރަސްކަލާނގެ ކޮންމެ ގޮތަކަަށް ކަނޑައެޅުއްވި ނަމަވެސް ރުހި ބޯލެނބުމުގެ ސަވާރީއަށެވެ. ނުބައިކަމަކަށް އަހަރެންގެ ހަވާ ނަފުސު ގޮވާލައިފިނަމަ އަހަރެންގެ ޢުމުރުން ވޭތުވެ ދިޔަ ތަނަށް ވުރެ އަންނާން އޮތްބައި ކުރުކަމުގައި އަހަރެން ދަންނާނަމެވެ. ދެން އަޢުރާބީ މީހާ ބުންޏެވެ. ތިބާ މާތްރަސްކަލާނގެ އިޒުނަފުޅާއެކު ކުރިއަށް ވަޑައިގަނަންވާށެވެ. ސަވާރީގައި ހުންނެވީ މާތްކަލޭގެފާނެވެ. ހިނގާފައި މިދަނީ އަހަރެންނެވެ.
-ނިމުނީ-

Friday, March 11, 2011

ކައިވެނީގެ ފުރަތަމަ ރޭ

ޒިފާފުގެ ރޭ (ކައިވެނީގެ ފުރަތަމަ ރޭ)

އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް
1. އެންމެ ފުރަތަމަ އަނބިމީހާގެ ގާތަށް ދާ ވަގުތު އޭނާ އުފާ ވާ ކަހަލަ ރަނގަޅު ހަދިޔާއެއް ދިނުމަކީ އެދެވިގެންވާ ކަމެކެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ކުޅަދާނަކަން ހުރި މިންވަރަކުންނެވެ. ގަހަނާއެއް ނުވަތަ އަނބިމީހާ ލޯބިކުރާ އަގުހުރި އެއްޗެކެވެ.
2. ހަމަ އެވަގުތު ކިރު ނުވަތަ އެފަދަ މީރު ބުއިމެއް ދިނުން، ފުރަތަމަ އަމިއްލަޔަށް އެއިން ބައެއް ބުއިމަށްފަހު އަނެއްބައި އަންހެނުންނަށް ދޭނީއެވެ. 
3. ދެން بسم الله ކިޔައި، ތިބާގެ ކަނާއަތް އަނބިމީހާގެ ނިތްކުރިއާ ދިމާއިން ބޮލުގައި ބާއްވައި ނުވަތަ ނިތްކުރީގެ އިސްތަށިކޮޅުގައި ހިފަހައްޓައި ބަރަކާތަށް އެދި މިފަދައިން ދުއާކުރާނީއެވެ. " اللَّهُمَّ إِنِّي أَسْأَلُكَ مِنْ خَيْرِهَا وَخَيْرِ مَا جَبَلْتَهَا عَلَيْهِ وَأَعُوذُ بِكَ مِنٍ شَرِّهَا وَشَرِّ مَا جَبَلْتَهَا عَلَيْهِ " މާނައީ: 'އޭ ﷲ, މީނާގެ ހެޔޮކަމާއި, އިބަރަސްކަލާނގެ މީނާ އުފެއްދެވުމުގައި ލައްވާފައިވާ ހެޔޮކަންތައް ދެއްވުން އެދި މިއަޅާ އިބަ އިލާހުގެ ހަޟުރަތުން އެދެމެވެ. އަދި މީނާގެ ނަފްސުގައިވާ ނުބައިކަމަކާއި، އިބަރަސްކަލާނގެ މީނާ އުފެއްދެވުމުގައި ލައްވާފައިވާ ނުބައިކަންތަކުން ރައްކާތެރި ކޮށްދެއްވާންދޭވެ'.
4. ދެން ދެމަފިރިން އެކުގައި، ފިރިމީހާގެ ފަހަތުގައި އަނބިމީހާ ހުރެގެން ދެރަކުއަތް ނަމާދެއް ކުރާނީއެވެ. އެއަށް ފަހުގައި ދެމީހުންވެސް ދެމީހުންގެ ދިރިއުޅުމުގައި ބަރަކާތް ލައްވާތޯއާއި، އެކުވެރިކަމާއި ލޯތްބާއެކުގައި އުޅެވޭތޯއާއި، ޞާލިހު ދަރިފަސްކޮޅެއް ދެއްވާތޯ ދުއާކުރާނީއެވެ.
5. އެއްދާން ވުމުގެ ކުރީގައި އަންނަނިވި ދުއާ ކިޔުމަކީ ކޮންމެހެން ހަނދާން ބަހައްޓަން ޖެހޭ ކަމެކެވެ. " بِسْمِ اللهِ اللَّهُمَّ جَنِّبْنَا الشَّيْطَانَ وَجَنِّبِ الشَّيْطَانَ مَا رَزَقْتَنَا " މާނައީ: "އޭ ﷲ, އަޅަމެން ޝައިޠާނާގެ ކިބައިން ސަލާމަތް ކޮށްދެއްވައި، އަދި އިބަރަސްކަލާނގެ އަޅަމެނަށް ދެއްވާ ދަރިފުޅު ޝައިޠާނާގެ ކިބައިން ސަލާމަތް ކޮށްދެއްވާންދޭވެ." އެ ވަގުތުގައި ﷲ ތަޢާލާ އެދެމީހުނަށް ދަރިޔަކު ދެއްވުމަށް އިރާދަކުރައްވާފިނަމަ ޝައިޠާނާއަކަށް އެކުއްޖާއަށް އެއްވެސް ގެއްލުމެއް ނުދެވޭނެއެވެ.
6. ދެމަފިރިންނަކީ އެކަކު އަނެކަކުގެ ލިބާހެވެ. ދެމީހުން އެކުގައި ވާ ހިނދު ލިބާސް ލުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ނޫނެވެ. ހަމަ އެފަދައިން އިސްލަމީ އަޚްލާގާއި މެދުގައި ޚިޔާލު ބެހެއްޓުމަކީވެސް ކޮންމެހެން ބޭނުން ކަމެކެވެ. ޖިމާޢުވާން ފެށުމުގެ ކުރިން ދެމީހުންނަށް ރަނގަޅަށް ތައްޔާރު ވެވޭފަދަ ލޯބީގެ ރަނގަޅު މުގައްދިމާއަކުން ފެށުމަކީ އިތުރު އެކަލޭގެފާނުންގެ ހަދްޔެކެވެ.
7. ދެމަފިރިންވެސް އެކަކު އަނެކަކަށް ޒީނަތްތެރިވެ، ރީތިވުމަކީ މަޝްރޫޢުވެގެންވަ ރަނގަޅު ކަމެކެވެ.

Thursday, March 10, 2011

Repent before it is too late


Repent before it is too late
Question: 
Do you have any advice for young men who are indulging in worldly pleasures and who forget to prepare and strive for the Day of Resurrection?.
Praise be to Allah.   

Our advice to negligent youth is to repent before it is too late and before they come to regret not doing their duty towards Allah. For death may come suddenly; and Allah may give respite but no wrongdoer can escape His punishment, and He is Almighty and is the One Who wreaks vengeance.

Sunday, March 6, 2011

އަހަންނަށް މާފުކުރާށެވެ

އަހަންނަށް މާފުކުރާށެވެ!
ތަރުޖަމާ: ނަބީލް
އަހަރެން އަންހެނުންގެ އަތުގައި ބޮސްދިން ހިނދު އޭނާގެ ދެލޯ ކަރުނައިން ފުރުނެވެ. އަދި ކޯތާފަތްމަތި ކަރުނައިން ތެމުނެވެ. އަހަރެން ބުނީމެވެ. އަހަންނަށް މާފުކުރާށެވެ. އަހަނަންނަށް ކުށެއް ކުރެވިއްޖެއެވެ. އަހަރެމެން އެންމެންނަކީ ވެސް އިންސާނުން ނޫންހެއްޔެވެ؟ ފުރިހަމަކަމުގެ ސިފަ ލިބިވޮޑިގެންވަނީ ހަމައެކަނި ﷲ އަށް ނޫންހެއްޔެވެ؟ އަހަރެންގެ ޢުޛުރު ޤަބޫލުކުރާށެވެ. ތިބާ ޢަހުދުވެފައިވީ ފަދައިން ވިސްނުންތޫނު ކެތްތެރިއެއްގެ ގޮތުގައި އަބަދުވެސް ހުރެދޭށެވެ!
ދެ ލޮލުން ފޭދެމުން ދިޔަ ކަރުނަތައް ފޮހެލަމުން އޭނާ އަހަންނާ ދިމާލަށް ބަލާލިއެވެ. އަދި ބުންޏެވެ. ތިބާގެ ކުލުނުވެރި ކަމާއިމެދު އަހަރެން މިހިރީ ވަރަށް އުފަލުންނެވެ. އަހަރެން ސަމާސާ ރާގަކަށް ބުނީމެވެ. ތިޔަ ރޮވުނީ އެހެންވެގެން ހެއްޔެވެ؟ އޭނާ ބުންޏެވެ. ނޫނެކެވެ. އަހަރެންނެކޭ އެއްފަދަ އެހެން ބައެއް އަންހެން ކުދީންގެ ފިރީން އެމީހުންނާ މެދު ގޯސްކޮށް ކަންތައް ކުރެވޭ ފަހަރުގައި އެމީހުންގެ ކުށް ގަބޫލުނުކުރާ ތާނގާއި އޯގާތެރިކަމުގެ ލަފުޒެއް ވެސް ނުބުނާ ޚަބަރު ލިބިފައިވާތީ އެކަން ހަނދާންވި ހިނދު ރޮވުނީއެވެ. ހަމަ ތެދެކެވެ. އަހަރެން މިހިރީ ވަރަށް އުފާވެފައެވެ. ތިބާގެ މުޢާމަލާތާ މެދުގައެވެ. ތިޔަ އޯގާތެރިކަމާއި ހަމްދަރުދީއާއި މެދުގައެވެ. އަހަރެންގެ ހިތުގައި އުފާވެރިކަން އުތުރި އަރަމުންދަނީއެވެ. އެ އުފާވެރިކަން ހުރިހާ އަންހެންތަކުންގެ ހިތްތަކަށް ބަހާފައި ވެސް އަދި ބާކީ އޮތް ބައިން އަހަރެން އުފާކުރުމަށް ފުދޭހާ ވެއެވެ.

Saturday, March 5, 2011

ސުވަރުގެއަށް އެދޭ ހިތްތައް

ސުވަރުގެއަށް އެދޭ ހިތްތައް!
ޢަބްދުލްމަތީން ޢަބްދުލްމަޖީދު
ﷲ ސުބުޙާނަހޫ ވަތަޢާލާ ދުނިޔެމަތީގައި ދެމަފިރިއަކަށް ދެއްވާނެ އެންމެ ބޮޑު އެއް ނިޢުމަތަކީ އެ ދެމަފިރީންގެ ޙަޔާތް އުޖާލާކުރާނޭ ދަރިއަކު ދެއްވުމެވެ. ބަނޑުގައި ވާ ނުވަމަސްދުވަހުގެ ދިގު ދަތުރުގެ ތެރޭގައި ވޭނާއި އުނދަގުލާއި ކެކުޅުންތައް ތަޙައްމަލުކުރުމަށްފަހު ﷲ ގެ ހެޔޮ ރަޙްމަތާއި ވާގިފުޅުން ދުނިޔޭގެ އަލިކަމުގެ ތެރެއަށް ލޯބި ލޯބި ރުއިމުގެ އަޑަކާއެކު އުފަންވާ ދަރިފުޅު ތަރުބިއްޔަތު ކުރުމުގެ ބުރަ މައްސޫލިއްޔަތު އަހަރެމެންގެ ތެރެއިން ބައެއް މައިންބަފައިންނަށް ހަނދާންނެތެނީ ކީއްވެބާއެވެ؟ އަހަރެމެންގެ ތެރެއިން ކޮންމެ މީހަކީވެސް އެމީހެއްގެ ކޮނޑުގައި މަސްއޫލިއްޔަތުތަކެއް އެޅިފައިވާ ބައެއްކަމާއި އަދި ޤިޔާމަތް ދުވަހު އެމަސްއޫލިއްޔަތުތަކާމެދު ސުވާލުކުރެވޭނެ މީހެއްކަން ހަނދާންނެތެނީ ކީއްވެބާއެވެ؟

Friday, March 4, 2011

ކަލާނގެ އަވަހާރަފުޅު ލައްޕަވާފައިހެއްޔެވެ؟

ކަލާނގެ އަވަހާރަފުޅު ލައްޕަވާފައިހެއްޔެވެ؟
ތަރުޖަމާ: ނަބީލް
ރިވާވެގެން ވެއެވެ. ރަށްފުށު ހިސާބުގައި ދިރިއުޅޭ އަންހެނަކާ އަޅައިގަނެގެން އުޅުނު މީހަކު އެއަންހެނާ ސަހަރާތެރެއަށް ނުކުތް ރެއެއްގައި ފަހަތުން ދިޔައެވެ. ތަންކޮޅެއް ދުރަށް ދެވި ދެމީހުން އެކަނިވީހިނދު އޭނާގެ ބޭނުން އެކަމަނާއަށް އިހްސާސްވެގެން ފިރިހެން މީހާއާ ދިމާއަށް އެނބުރިލާފައި ބުނެފިއެވެ. ތިބާ ރަނގަޅަށް ބަލާށެވެ. މީސްތަކުން ހަމަ ރަނގަޅަށް ނިދައިފިހެއްޔެވެ؟ އެހިނދު ފިރިހެން މީހާ އެކަމަނާ އޭނާގެ އެދުމަށް ޖަވާބުދޭން އުޅެނީ ކަމަށް ހީކޮށް ނިކަން އުފަލުން އަވަސް އަވަހަށް ކޮޅުކޮޅަށް ދުވެލާފައި ވަށައިގެން ހޯދާ ބަލާލިއެވެ. މީހެއްގެ ހިލަމެއް ނުވުމާއި އެކު އުފަލުން އައިސް އެކަމާނާއަށް ޚަބަރު ކުރިއެވެ.
އެހިނދު އެކަމަނާ ބުންޏެވެ. މާތް ﷲ އާއި މެދުގައި ބުނަނީ ކީކޭހެއްޔެވެ؟ އެކަލާނގެ ވެސް މިގަޑީގައި ވަނީ އަވަހާރަފުޅުލައްޕަވާފައިހެއްޔެވެ؟ ފިރިހެން މީހާ ޖަވާބުގައި ބުންޏެވެ. ﷲ އީ އަވަހާރަފުޅުލައްޕަވާ ކަލަކު ކަމުގައި ނުވެއެވެ. ދެން އަންހެން މީހާ ބުންޏެވެ. އަވަހާރަފުޅު ނުލައްޕަވާ ފަރާތް ހަމަ ޔަޤީނުން އަހަރެމެން ދެކެ ދެނެވޮޑިގެން ވެއެވެ. މީސްތަކުންނަށް އަހަރެމެން ނުފެނުނު ކަމުގައި ވިޔަސްވެހެވެ. އެކަމަށްޓަކައި އެކަލާނގެއަށް ބިރުވެތިވުން މާ އައުލާކަން ބޮޑެވެ. ދެން ފިރިހެން މީހާގެ ހިތަށް ތަޤްވާވެރިކަން އައިސް ކަލާނގެ ޙަޟްރަަތަށް ރުޖޫޢަވީއެވެ.
-ނިމުނީ-

Thursday, March 3, 2011

ކޮއްކޯއެވެ...! ލޯބިވާ ކޮއްކޯއެވެ

ކޮއްކޯއެވެ...! ލޯބިވާ ކޮއްކޯއެވެ!
ކޮއްކޯއެވެ...! ލޯބިވާ ކޮއްކޯއެވެ!
ފަރުޟު ފަސްނަމާދަށް ރައްކާތެރިވާށެވެ. ފަރުޟު ފަސްނަމާދު ބަރާބަރަށް، އޭގެ ވަގުތުގައި އަދާކުރާ މީހުންދެކެ ﷲ ލޯބިވެވޮޑިގަންނަވާނެއެވެ.
ކޮއްކޯއެވެ...! ލޯބިވާ ކޮއްކޯއެވެ!
މަންމައާއި ބައްޕަގެ ބަސް އަހާ ރަނގަޅު ކުއްޖަކަށް ވާށެވެ!
ލޯބިވާ ކޮއްކޯއެވެ!
ތެދުބަހުން ވާހަކަ ދައްކާ ކުއްޖަކު ކަމުގައި ވާށެވެ. ތެދުބުނާ ކުދިން ދެކެ އެންމެންވެސް ލޯބިވާނެއެވެ.
ލޯބިވާ ކޮއްކޯއެވެ!
ބޮޑެތިމީހުންނަށް ކިޔަމަންތެރި، ބޮޑެތިމީހުންނަށް އިޙްތިރާމް ކުރާ ކުއްޖަކަށް ވާށެވެ.
ލޯބިވާ ކޮއްކޯއެވެ!
ޤުރުއާން ކިޔަވާށެވެ! އަދި ޤުރުއާން ހިތުދަސްކުރުމަށް ގަދައަޅައި މަސައްކަތް ކުރާށެވެ. ޤުރުއާން ކިޔަވައި، އަދި ޤުރުއާން ކިޔަވައިދޭމީހާ އަކީ އެންމެ ހެޔޮ އެންމެ ރަނގަޅު މީހާއެވެ.
ލޯބިވާ ކޮއްކޯއެވެ!
ރިވެތި އަޚްލާޤުގެ މާތްސިފަ ލިބިގަތުމަށް މަސައްކަތް ކުރާށެވެ! ރިވެތިއަޚްލާޤުގެ ވެރިޔާ، ޤިޔާމަތްދުވަހުން ވާނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްއާ އެކީގައެވެ.

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ

Wednesday, March 2, 2011

Repentance wipes out whatever came before it

Repentance wipes out whatever came before it



 One might say: “I want to repent, but who can guarantee that Allaah will forgive me if I do so? I want to follow the Straight Path, but I feel very hesitant. If I knew for sure that Allaah would forgive me, I would definitely repent.”

I would say in response that these feelings of hesitation are the same as those experienced by the Sahaabah themselves. If you think seriously about the following two reports, the feelings you have will be dispelled, in sha Allaah.

Tuesday, March 1, 2011

The danger of taking sin lightly

The danger of taking sin lightly













“O you who believe! Turn to Allaah with sincere repentance…” [al-Tahreem 66:8].


Allaah has given us time to repent before the honourable scribes (kiraaman kaatibeen – recording angels) record our deeds. The Prophet (peace and blessings of Allaah be upon him) said: “The (scribe) on the left hand raises his pen (i.e., delays writing) for six hours [this may refer to six hours of 60 minutes as measured by astronomers, or it may refer to short periods of time during the day or night – Lisaan al-‘Arab] before he records the sinful deed of a Muslim. If he regrets it and seeks Allaah’s forgiveness, the deed is not recorded, otherwise it is recorded as one deed.” (Reported by al-Tabaraani in al-Kabeer and al-Bayhaqi in Shu’ab al-Eemaan (The Branches of Faith); classed as hasan by al-Albaani in Silsilat al-Ahaadeeth al-Saheehah, 1209). A further respite is granted after the deed has been recorded, up until the moment before death approaches..
Related Posts Plugin for WordPress, Blogger...