Thursday, April 28, 2011

ދަރިފުޅު ދެކެ ވަރަށް ލޯބިވަމެވެ

ދަރިފުޅު ދެކެ ވަރަށް ލޯބިވަމެވެ.

  
އުންމު އާމިނާ
ލޯބިވާ ދަރިފުޅާއެވެ. މަންމައާއި ބައްޕަ ދަރިފުޅު ދެކެ ނިހާޔަތަށް ލޯބިވަމެވެ. ﷲ ތަޢާލާއާއި އެއިލާހުގެ ރަސޫލާ صلي الله عليه وسلم އަށްފަހު ދުނިޔޭގައިވާހާ އެއްޗަކަށްވުރެ ބޮޑަށެވެ. މަންމަމެން ދަރިފުޅުދެކެ ވަނީ ހަގީގީ ލޯތްބެވެ. އެހެންވެ ދަރިފުޅުގެ ރިހޭދަތް އުފުރުމަކީ، ދަރިފުޅަށް ވަގުތީ ވޭނެއް ލިބޭ ކަމެއް ކަމުގައިވިޔަސް، ދަރިފުޅަށް ދާއިމީ ހަމަޖެހުމެއް ލިބޭނީ އެދަތް އުފުރުމުން ކަމުގައި ދުށީމެވެ. ދަރިފުޅަށް ދުނިޔޭގެ ހުރިހާ އުފަލެއް ހޯދައިދިނުމަކީ، ދަރިފުޅު ކިތަންމެހާވެސް އުފާވާނެ ކަމެއް ކަމުގައިވިޔަސް، ދަރިފުޅުގެ ތިޔަލޯބި ހަށިގަނޑު ޤިޔާމަތް ދުވަހު ނަރަކައިގެ އަލިފާނުން ސަލާމަތްކުރުން ދަރިފުޅަށް މާ ފައިދާބޮޑުވާނެ ކަމުގައި މަންމަމެން ދުށީމެވެ. ﷲ ތަޢާލާ އަންގަވާފައިވަނީމިފަދައިންނެވެ. " އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުންގެ ނަފްސުތަކާއި ތިޔަބައިމީހުންގެ އަހުލުން ނަރަކައިން ސަލާމަތް ކުރާށެވެ. (التحريم 6) "

Wednesday, April 27, 2011

ﷲގެ ކޯފާއަށް އަދިވެސް ބިރުވެތިވާކަށް ނުވޭހެއްޔެވެ؟

ﷲގެ ކޯފާއަށް އަދިވެސް ބިރުވެތިވާކަށް ނުވޭހެއްޔެވެ؟

 ލިޔުނީ: އިބްރާހިމް މަބްރޫކް
ފަހަކަށްއައިސް އަޅުގަނޑުމެންނަށް އިވެމުންދާ އަޑަކީ މުސީބާތްތައް ތަކުރާރުކަމާއެކީ އަންނަވާހަކައިގެ އަޑެވެ. ނަމަވެސް ދަންނަވަންތޯއެވެ. މި މުސީބާތްތަކާއި ކާރިސާތަކަކީ ހަމަ ޔަޤީނުންވެސް އަހަރަމެން އަމިއްލައަތުންކޮށްފައިވާ އަމަލުތަކުގެ ޖަޒާކަން ކަށަވަރެވެ. ﷲ މިކަމަށް އިޝާރާތް ކުރައްވާ ވަޚީ ކުރައްވަނީ” ހަމަކަށަވަރުން، ބަޔަކުމީހުންގެ حالة އެބަޔަކު އަމިއްލަޔަށް ބަދަލުކޮށްފުމަށްދާނދެން، اللَّه، އެ حالة ބަދަލެއް ނުކުރައްވާނެތެވެ. ” މި ބަސްފުޅުގެ މަތިވެރިކަމާއެވެ. މިއަދު އަޅުގަނޑުމެންނަށް މި ފެންނަމުންދަނީ އަޅުގަނޑުމެންގެ އަމަލާއި ގުޅުން ،ބަދަލު ކުރުމުގެ ނަތީޖާއެވެ. ﷲއަށް ކިޔަމަންތެރިކަން އަދާކުރުމުގެ ބަދަލުގައި ހަވާނަފްސުގެ އެދުންތަކަށާއި ގޮވުންތަކަށް އިޖާބަ ދިނުމުގެ ނަތީޖާއެވެ. އާޚިރަތްދޫކޮށްލާ ދުނިޔަވީ އެދުންތަކަށް ތަބާވުމުގެ ނަތީޖާއެވެ.

Tuesday, April 26, 2011

އިންސާނުންގެ ޙައްޤާއި ޖައްލާދުންގެ ޙައްޤު

 އިންސާނުންގެ ޙައްޤާއި ޖައްލާދުންގެ ޙައްޤު
 އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް 
މި މަޒްމޫނުގައި  އަޅުގަނޑު ބަލާލާން މި ޤަޞްދުކުރަނީ އިންސާނީ ޙައްޤާއި ޖައްލާދުންގެ ޙައްޤު މި ދެ ކަލިމައިގެ މާނައަށެވެ. ސަބަބަކީ ދިވެހިބަހުން ލިޔެފައި ހުންނަ އެއްޗެހި ކިޔާލަން އަދި އެނގުނަކަސް މިހާރަކަށް އައިސް މި ދެކަލިމައިގެ މާނަ ހަމަ އެއްވެސް ވަރަކަށް  މީހުނަށް އެނގިފައި ނެތް ބީދައިން މީސްތަކުންގެ ޙަރަކާތްތަކުންނާއި ބަހުން ފެންނަމުންދާތީ އެކަމުގެ ޙަޤީޤަތް އޮތްގޮތް ހާމަކޮއްލަން ބޭނުންވުމެވެ. ވަކިން ޚާއްޞަކޮށް ހުޅަގާއި ނަޞާރާއިން ކޮނެފައިހުރި ވަޅުތަކުން ފެންބޮއިގެން  ސްޕޮންސަރުވެ، ސިކުނޑިދޮވެވިގެން ރާއްޖެއައިސްތިބި ބައެއް ދިވެހީންވެސް ތިމާމެންނަށް ދުވަހަކު ނުފެންނަ އައު މޮޅުކަމެއް ދުނިޔެއަށް ގެނެވިގެން އުޅޭހެން އިސްލާމްދީނާއި މެދު ބީރައްޓެހިފޫހި ރާގަކަށް ވާހަކަ ދައްކަމުން، ޑިމޮކްރަސީ އާއި އިންސާނީ ޙައްޤާއި، އަންހެނުންގެ ޙައްޤާއި އަދި މިނޫންވެސް ޙައްޤުތަކެއް ހޯދުމަށް އުޅޭކަމުގައި ފަޚުރުވެރިވެ އުޅޭތީ އެމީހުން އެތިބި ނިކަމެތި ޙާލު އެމީހުނަށް ހަނދުމަކޮށްދިނުމީ ލާޒިމް ކަމެއްކަމުގައި ދެކެމެވެ.

Sunday, April 24, 2011

އަނބިމީހާއަށްޓަކައި ލޯބީގައި ފިޔަތިރިކުރާނެ ގޮތް

އަނބިމީހާއަށްޓަކައި ލޯބީގައި ފިޔަތިރިކުރާނެ ގޮތް!

 ތަރުޖަމާ: ޝިފްޒާން އަޙްމަދު
ލިޔުއްވީ: ޑރ.ޞަލާޙުއްދީން ސުލްޠާން

މިއީ ކޮންމެ ފިރިއަކަށް އަޅުގަނޑު އަރިސްކުރާ ސިޓީއެކެވެ. މިސިޓީގައި އަޅުގަނޑު ހިމަނައިލާނީ ޒަވާޖީ ލޯތްބާ ހަމައަށް ގެން ގޮސްދޭނެ ނުކުތާތަކެކެވެ. އެއީ ކާވެނީގެ ލަނޑުދަނޑިތައް ކަވިގޮތެއްގައި ރަނގަޅަށް ދިރާސާކުރުމަށްފަހު ކަނޑައަޅާ އުޞޫލުތަކެކެވެ. ބޭނުމަކީ ހިތުގެ ލޯތްބާއި، އެކަކު އަނެކަކު ރަނގަޅަށް ދަނެގަނެވުމާއި، ޖިސްމާނީ އަރާމު ފުރިހަމަ ގޮތުގައި ލިބިގަނެވޭނެ މަގު ބަޔާންކުރުމެވެ. އެއީ ދެމަފިރިންގެ ދިރިއުޅުން އުފައުވެރިކުރުމަށް އޮތް ތިން ތަޅުދަނޑިއެވެ. އަޅުގަނޑު އެތަޅުދަނޑިތައް ހިމަނައިލާނީ ތަރުތީބުންނެވެ. މިތިން އަސާސުގެ ތެރެއިން އަސާސެއްނެތި ޒަވާޖީ ޙަޔާތެއް ކާމިޔާބު ނުކުރެވޭނެއެވެ.

Friday, April 15, 2011

ﷲ އާއި އެއިލާހުގެ ރަސޫލާއަށް ޖެއްސުން ކުރުމަށް ނޫޅޭށެވެ

ﷲ އާއި އެއިލާހުގެ ރަސޫލާއަށް ޖެއްސުން ކުރުމަށް ނޫޅޭށެވެ!
ލިޔުނީ: آدم نشان المالديفي
ﷲ ތަޢާލާ އިންސާނާ މިބިންމަތީގައި ލައްވަވާފައިވަނީީ އެއިލާހު ކަނޑައަޅުއްވާފައިވާާ ޤާނުނެއްގެ ދަށުން މިބިންމަތީގައި ދިރިއުޅެ މިތަން އާރާސްތު ކުރުމަށެވެ. އެއިލާހުގެ ޕްލޭނާއިގެން ކަންތައްތައް ކުރަންވީގޮތް އުނގަންނައި ދިނުމަށް ވަޑައިގަތީ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އެވެ. އެހެންކަމުން ﷲ އާއި އެއިލާހުގެ އަމުރުފުޅުތަކަށް ކިޔަމަންވުން ނޫން ގޮތެއް އިންސާނާއަކަށް ނެތެވެ. އެއީ ކޮންމެ ޒަމާނެއްކަމުގައި ވިޔަސްމެއެވެ. ޒަމާންތައްވެސް ލެއްވެވީ ކީރިތި ވަންތަ ﷲ އެވެ. އެއިލާހު ޢަޞްރު ސޫރަތުގައި ވަޙީ ކުރައްވާފައި ވެއެވެ.
"وَالْعَصْرِ" (العصر:1)
"ޒަމާން ގަން ދެއްވަމެވެ."
"إِنَّ الأِنْسَانَ لَفِي خُسْرٍ" (العصر:2)
"ހަމަކަށަވަރުން އިންސާނާވަނީ ގެއްލުމާއި ހަލާކެއްގެ ތެރޭގައިކަން ކަށަވަރެވެ."
"إِلاّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ" (العصر:3)
"އެއީ އީމާންވެ، ޞާލިޙް ޢަމަލުކޮށް، ޙައްޤަށް ވަޞިއްޔަތްކޮށް އަދި ކެތްތެރިވުމަށް ވަޞިއްޔަތް ކުރި މީހުން މެނުވީއެވެ."

Thursday, April 14, 2011

މި ހަތަރު ކަންތައް ޖަމާ ވެއްޖެ މީހަކު ސުވަރުގެ ވަދެއްޖެއެވެ

 "މި ހަތަރު ކަންތައް ޖަމާ ވެއްޖެ މީހަކު ސުވަރުގެ ވަދެއްޖެއެވެ."
 ޢަބްދުﷲ ނަސީމް
އެއްދުވަހަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަޞްޙާބު ބޭކަލުންނާ ސުވާލު ކުރެއްވިއެވެ! ޙަދީޘް ކުރެއްވިއެވެ. “ތިޔަ ބޭކަލުންގެ ތެރެއިން މިއަދު ރޯދައަށް ހުންނެވީ ކޮން ބޭކަލެއްތޯއެވެ؟” އަބޫބަކުރު ރަޟިޔަﷲ ޢަންހު ދެންނެވިއެވެ. “ތިމަން ކަލޭގެފާނެވެ.” ޙަދީޘް ކުރެއްވިއެވެ. “ތިޔަ ބޭކަލުންގެ ތެރެއިން މިއަދު ޖަނާޒާ އެއްގައި ބައިވެރިވީ ކޮންބޭކަލެއްތޯއެވެ؟” އަބޫބަކުރު ރަޟިޔަﷲ ޢަންހު ދެންނެވިއެވެ. “ތިމަން ކަލޭގެފާނެވެ.” ޙަދީޘް ކުރެއްވިއެވެ. “ތިޔަ ބޭކަލުންގެ ތެރެއިން މިސްކީނަކަށް ކާންދެއްވީ ކޮންބޭކަލެއްތޯއެވެ؟” އަބޫބަކުރު ރަޟިޔަﷲ ޢަންހު ދެންނެވިއެވެ. “ތިމަން ކަލޭގެފާނެވެ.” ޙަދީޘް ކުރެއްވިއެވެ. “ތިޔަ ބޭކަލުންގެ ތެރެއިން ބަލި މީހަކަށް ޒިޔާރަތް ކުރެއްވީ ކޮން ބޭކަލެއްތޯއެވެ؟ އަބޫބަކުރު ރަޟިޔަﷲ ޢަންހު ދެންނެވިއެވެ. “ތިމަން ކަލޭގެފާނެވެ.” ޙަދީޘް ކުރެއްވިއެވެ. “މި ހަތަރުކަންތައް ޖަމާ ވެއްޖެ މީހަކު ސުވަރުގެ ވަދެއްޖެއެވެ.” (މުސްލިމް)

1- ރޯދަ ހިފުން
2- ޖަނާޒާ ގައި ބައިވެރިވުން
3- މިސްނީކަނަކަށް ކާން ދިނުން
4- ބަލި މީހަކަށް ޒިޔާރަތް ކުރުން

ސުބްޙާނަﷲ! އެހެން ކަމުން އަހަރެމެންވެސް މަތީގައިވާ ހަތަރު ކަންތައް ޖަމާ ކުރުމަށްޓަކައި މަސައްކަތް ކުރުމަށް މާސްޓަރ ޕްލޭނެއް ރާވަމާ ހިނގާށެވެ.
- ކޮންމެ ހަފްތާ އަކުވެސް ހޯމަ ބުރާސްފަތީގައި ރޯދަ ހިފަން އާދަކުރަމާ ހިނގާށެވެ. އަދި އޭގެ އިތުރުން ކޮންމެ ހަނދު މަހެއްގެ 13، 14، 15 ގަވެސް ރޯދަ ހިފިދާނެއެވެ.
- ކޮންމެވެސް މިސްކީނަކު ހޯދާލައިގެން ކާ އެއްޗެއް ފޯރު ކޮށްދިނުން އެއީ އާދަ އެއް ކަމުގައި ހަދަމާ ހިނގާށެވެ. ގެޔަށް ގެނެސް ވެސް ކާން ދެވިދާނެއެެވެ. ނުވަތަ ހޮޓަލަކަށް ވައްދައިގެންވެސް ކާންދެވިދާނެއެވެ.
- އާއިލާ މީހެއް ނުވަތަ ގާތް ތިމާގެ މީހެއް ނަމަވެސް، ނުވަތަ ރަހުމަތްތެރިއެއް ވެސް ބަލިވެ އުޅޭ ނަމަ ޒިޔާރަތް ކުރަމާ ހިނގާށެވެ. އެއްވެސް މީހަކު ބަލިވެ ނޫޅޭ ނަމަ (މާޝާ ﷲ) ހޮސްޕިޓަލަށް ޒިޔާރަތް ކޮއްލާ އެތާގައިވާ ބަލިމީހުންނާވެސް ބައްދަލު ކޮއްލެވިދާނެއެވެ. ކޮންމެ ދުވަހަކު ނުކުރެވުނަސް ކޮންމެވެސް ވަރަކަށް މިކަންވެސް ކުރެވިދާނެއެވެ.
މި 3 ކަންތައް ކުރުން އަހަރެމެންނަށް އާދަ ކުރެވިއްޖެ ނަމަ، ޖަނާޒާ އެއް އޮތް ވާހަކަ އަޑު އިވުމުން އެތަނަށް ގޮސް އޭގައި ބައިވެރި ވުމަކީ މާ އުނދަނގޫ ކަމަކަަށް އިން ޝާﷲ ނުވާނެއެވެ.
އަދި އޭރުން މަތީގައިވާ ޙަދީޘް ގައި ވާ ފަދައިން އެ ހަތަރުކަންތައް ‘ޖަމާ’ ކުރެވުމުގެ ނަޞީބު އަހަރެމެންނަށް އިން ޝާﷲ ލިބިގެން ހިނގައިދާނެއެވެ.
ތިބޭފުޅާގެ އިތުރު އައިޑިއާ އެއް އޮތްނަމަވެސް ކޮމެންޓެއްގެ ގޮތުގައި ހިއްސާ ކުރައްވާށެވެ!

Saturday, April 2, 2011

Sincerity towards Allah

 Sincerity towards Allah

Sincerity towards Allah is the best type of sincerity. The Muslim is being sincere towards his Lord if he achieves sincerity in three aspects: faith and proper belief, acts of obedience, and morals and manners. Faith does not mean mere wishful thinking. The one who is sincere in his faith is the one who attains faith in the way his Lord wants from him, which includes sincerity in faith, sincerity in intention, and sincerity in fear of Allah, may He be exalted. Not every act of obedience is sincere unless it is done, both outwardly and inwardly, in a manner which Allah likes.

Friday, April 1, 2011

April Fool

April Fool

Q:In some foreign countries – kaafir countries – there is the well-known custom of April Fool, which happens of the first day of April. Some Muslims are imitating them in this, thinking that it is permissible to tell lies on this day… what is your opinion on this belief and on this custom?

Ans:
Praise be to Allaah. 
Lying is not permissible at all, at any time. And it is not permissible to imitate the kuffaar and to be like them, on this day or on any other, because the Prophet (peace and blessings of Allaah be upon him) said: “Whoever imitates a people is one of them.”
From the fatwaas of Shaykh Saalih Fawzaan in al-Shaqaa’iq magazine, no. 32, Safar
Related Posts Plugin for WordPress, Blogger...