Friday, March 11, 2011

ކައިވެނީގެ ފުރަތަމަ ރޭ

ޒިފާފުގެ ރޭ (ކައިވެނީގެ ފުރަތަމަ ރޭ)

އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް
1. އެންމެ ފުރަތަމަ އަނބިމީހާގެ ގާތަށް ދާ ވަގުތު އޭނާ އުފާ ވާ ކަހަލަ ރަނގަޅު ހަދިޔާއެއް ދިނުމަކީ އެދެވިގެންވާ ކަމެކެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ކުޅަދާނަކަން ހުރި މިންވަރަކުންނެވެ. ގަހަނާއެއް ނުވަތަ އަނބިމީހާ ލޯބިކުރާ އަގުހުރި އެއްޗެކެވެ.
2. ހަމަ އެވަގުތު ކިރު ނުވަތަ އެފަދަ މީރު ބުއިމެއް ދިނުން، ފުރަތަމަ އަމިއްލަޔަށް އެއިން ބައެއް ބުއިމަށްފަހު އަނެއްބައި އަންހެނުންނަށް ދޭނީއެވެ. 
3. ދެން بسم الله ކިޔައި، ތިބާގެ ކަނާއަތް އަނބިމީހާގެ ނިތްކުރިއާ ދިމާއިން ބޮލުގައި ބާއްވައި ނުވަތަ ނިތްކުރީގެ އިސްތަށިކޮޅުގައި ހިފަހައްޓައި ބަރަކާތަށް އެދި މިފަދައިން ދުއާކުރާނީއެވެ. " اللَّهُمَّ إِنِّي أَسْأَلُكَ مِنْ خَيْرِهَا وَخَيْرِ مَا جَبَلْتَهَا عَلَيْهِ وَأَعُوذُ بِكَ مِنٍ شَرِّهَا وَشَرِّ مَا جَبَلْتَهَا عَلَيْهِ " މާނައީ: 'އޭ ﷲ, މީނާގެ ހެޔޮކަމާއި, އިބަރަސްކަލާނގެ މީނާ އުފެއްދެވުމުގައި ލައްވާފައިވާ ހެޔޮކަންތައް ދެއްވުން އެދި މިއަޅާ އިބަ އިލާހުގެ ހަޟުރަތުން އެދެމެވެ. އަދި މީނާގެ ނަފްސުގައިވާ ނުބައިކަމަކާއި، އިބަރަސްކަލާނގެ މީނާ އުފެއްދެވުމުގައި ލައްވާފައިވާ ނުބައިކަންތަކުން ރައްކާތެރި ކޮށްދެއްވާންދޭވެ'.
4. ދެން ދެމަފިރިން އެކުގައި، ފިރިމީހާގެ ފަހަތުގައި އަނބިމީހާ ހުރެގެން ދެރަކުއަތް ނަމާދެއް ކުރާނީއެވެ. އެއަށް ފަހުގައި ދެމީހުންވެސް ދެމީހުންގެ ދިރިއުޅުމުގައި ބަރަކާތް ލައްވާތޯއާއި، އެކުވެރިކަމާއި ލޯތްބާއެކުގައި އުޅެވޭތޯއާއި، ޞާލިހު ދަރިފަސްކޮޅެއް ދެއްވާތޯ ދުއާކުރާނީއެވެ.
5. އެއްދާން ވުމުގެ ކުރީގައި އަންނަނިވި ދުއާ ކިޔުމަކީ ކޮންމެހެން ހަނދާން ބަހައްޓަން ޖެހޭ ކަމެކެވެ. " بِسْمِ اللهِ اللَّهُمَّ جَنِّبْنَا الشَّيْطَانَ وَجَنِّبِ الشَّيْطَانَ مَا رَزَقْتَنَا " މާނައީ: "އޭ ﷲ, އަޅަމެން ޝައިޠާނާގެ ކިބައިން ސަލާމަތް ކޮށްދެއްވައި، އަދި އިބަރަސްކަލާނގެ އަޅަމެނަށް ދެއްވާ ދަރިފުޅު ޝައިޠާނާގެ ކިބައިން ސަލާމަތް ކޮށްދެއްވާންދޭވެ." އެ ވަގުތުގައި ﷲ ތަޢާލާ އެދެމީހުނަށް ދަރިޔަކު ދެއްވުމަށް އިރާދަކުރައްވާފިނަމަ ޝައިޠާނާއަކަށް އެކުއްޖާއަށް އެއްވެސް ގެއްލުމެއް ނުދެވޭނެއެވެ.
6. ދެމަފިރިންނަކީ އެކަކު އަނެކަކުގެ ލިބާހެވެ. ދެމީހުން އެކުގައި ވާ ހިނދު ލިބާސް ލުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ނޫނެވެ. ހަމަ އެފަދައިން އިސްލަމީ އަޚްލާގާއި މެދުގައި ޚިޔާލު ބެހެއްޓުމަކީވެސް ކޮންމެހެން ބޭނުން ކަމެކެވެ. ޖިމާޢުވާން ފެށުމުގެ ކުރިން ދެމީހުންނަށް ރަނގަޅަށް ތައްޔާރު ވެވޭފަދަ ލޯބީގެ ރަނގަޅު މުގައްދިމާއަކުން ފެށުމަކީ އިތުރު އެކަލޭގެފާނުންގެ ހަދްޔެކެވެ.
7. ދެމަފިރިންވެސް އެކަކު އަނެކަކަށް ޒީނަތްތެރިވެ، ރީތިވުމަކީ މަޝްރޫޢުވެގެންވަ ރަނގަޅު ކަމެކެވެ.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...