Showing posts with label ދީން. Show all posts
Showing posts with label ދީން. Show all posts

Wednesday, December 28, 2011

އޭ ދަރިފުޅާއެވެ

އޭ ދަރިފުޅާއެވެ!

އަދި لقمان ގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް نصيحة ދެއްވަމުން ވިދާޅުވިހިނދު ހަނދުމަކުރާށެވެ! އޭ ދަރިފުޅާއެވެ! اللَّه އަށް ތިބާ شريك ނުކުރާށެވެ! ހަމަކަށަވަރުން، شريك ކުރުމަކީ ބޮޑުވެގެންވާ އަނިޔާއެކެވެ.
އިންސާނާއަށް، އޭނާގެ މައިންބަފައިންނަށް (ހެޔޮކޮށް ހިތުމަށް) ތިމަންރަސްކަލާނގެ وصية ކުރެއްވީމެވެ. އޭނާގެ މައިމީހާ ބަލި ނިކަމެތިކަމުގެ މައްޗަށް، ބަލި ނިކަމެތި ކަމާއެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އޭނާ ކިރު ތުނބުން ވީއްލުންވަނީ، ދެއަހަރުގައެވެ. (ތިމަންރަސްކަލާނގެ أمر ކުރެއްވީމެވެ.) ތިމަންރަސްކަލާނގެއަށާއި، ތިބާގެ މައިންބަފައިންނަށް شكر ކުރާށެވެ! އެނބުރި رجوع ވުން ވަނީ، ހަމަ ތިމަންރަސްކަލާނގެ حضرة އަށެވެ.
އަދި ތިމަންރަސްކަލާނގެއާމެދު، ތިބާއަށް އެނގުމެއްނުވާ އެއްޗެއް شريك ކުރުމަށް، އެ ދެމީހުން ގަދައަޅައިފިނަމަ، ފަހެ، ތިބާ އެ ދެމީހުންނަށް ކިޔަމަންނުވާށެވެ! އަދި ދުނިޔޭގައި ހެޔޮގޮތުގައި އެ ދެމީހުންނާއެކު އުޅޭށެވެ! އަދި ތިމަންރަސްކަލާނގެ حضرة އަށް ކިޔަމަންވެ، رجوع ވީ މީހުންގެ މަގަށް تبع ވާށެވެ! ދެން ތިޔަބައިމީހުން އެނބުރި رجوع ވުން ވަނީ ތިމަންރަސްކަލާނގެ حضرة އަށެވެ. ފަހެ، އޭރުން ތިޔަބައިމީހުން ކޮށްއުޅުނު عمل ތަކުގެ خبر ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އަންގަވާހުށީމެވެ.
އޭ ދަރިފުޅާއެވެ! ހަމަކަށަވަރުން، އެ عمل އަކީ ރެވިއޮށްޓަރެއްގެ ބަރުދަންހުރި عمل އެއް ކަމުގައިވިޔަސް، ހިލައެއްގެ ތެރޭގައިވިޔަސް، ނުވަތަ އުޑުތަކުގައިވިޔަސް، ނުވަތަ ބިމުގެ ތެރޭގައިވިޔަސް (قيامة ދުވަހުން) اللَّه އެ عمل އެއް ގެންނަވާނެތެވެ. ހަމަކަށަވަރުން، اللَّه އީ، އޯގާވަންތަކަން ބޮޑު، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
އޭ ދަރިފުޅާއެވެ! ތިބާ ނަމާދު قائم ކުރާށެވެ! އަދި ހެޔޮކަންތަކަށް أمر ކުރާށެވެ! އަދި ނުބައިކަންތައް ނަހީކުރާށެވެ! ތިބާޔަށްޖެހޭ مصيبة އަށް ކެތްކުރާށެވެ! ހަމަކަށަވަރުން، އެކަންވަނީ، عزم ކަނޑައަޅަންޖެހޭ ކަންތައްތަކުގެ ތެރެއިންނެވެ.
އަދި މީސްތަކުންނަށް كبر ވެރިވެ، ތިބާގެ ކޯތާފަތް އަނބުރައިނުލާށެވެ! (އެބަހީ: މޫނު އަނބުރައި ނުލާށެވެ!) އަދި ބޮޑާވެގެންވާ حال، ބިމުގައި ނުހިނގާށެވެ! ހަމަކަށަވަރުން، كبر ވެރިވެ، فخر ވެރިވާ އެއްވެސް މީހަކުދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ.
އަދި ތިބާ ހިނގާ ހިނގުމުގައި މެދުމިނަށް ހިނގާށެވެ! އަދި ތިބާގެ އަޑު މަޑުކުރާށެވެ! ހަމަކަށަވަރުން، އަޑުތަކުގެ ތެރެއިން އެންމެ ހުތުރުވެގެންވާ އަޑަކީ حمار ގެ އަޑުކަން ކަށަވަރެވެ.
( لقمان ސޫރަތުގެ 13 އިން 19 އަށް އާޔަތްތަކުގެ މާނަ)


Monday, November 28, 2011

رسول الله صلى الله عليه و سلم ހަދީޘްކުރައްވާފައިވެއެވެ

رسول الله صلى الله عليه و سلم ހަދީޘްކުރައްވާފައިވެއެވެ.


البخاري އާއި مسلم ދެބޭފުޅުން ރިވާކުރައްވާފައިވެއެވެ.

رسول الله صلى الله عليه و سلم ހަދީޘްކުރައްވާފައިވެއެވެ.

يَا مَعْشَرَ الشَّبَابِ ، مَنْ اسْتَطَاعَ مِنْكُمْ الْبَاءَةَ فَلْيَتَزَوَّجْ ، وَمَنْ لَمْ يَسْتَطِعْ فَعَلَيْهِ بِالصَّوْمِ ، فَإِنَّهُ لَهُ وِجَاءٌ.

"އޭ ޒުވާނުންނޭވެ! ތިޔަބައިމީހުންކުރެ ކުޅަދާނަކަން ހުރި ކޮންމެ މީހަކު ކައިވެނި ކުރާށެވެ! އަދި ކުޅަދާނަވެގެން ނުވާ ނަމަ ރޯދަ ހިފާށެވެ! ފަހެ ހަމަކަށަވަރުން އެއީ އޭނާއަށްޓަކައި ވާ އައްޑަނައެކެވެ."

Thursday, November 17, 2011

ﷲގެ މަގުގައި ހަނގުރާމަކޮށް ޝަހީދުވާ މީހުންގެ މަތިވެރިކަން


ﷲގެ މަގުގައި ހަނގުރާމަކޮށް ޝަހީދުވާ މީހުންގެ މަތިވެރިކަން
1. قال الله تعالى:"وَلا تَقُولُوا لِمَنْ يُقْتَلُ فِي سَبِيلِ اللَّهِ أَمْوَاتٌ بَلْ أَحْيَاءٌ وَلَكِنْ لا تَشْعُرُونَ(البقرة:154)
ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. "އަދި ﷲ ތަޢާލާގެ މަގުގައި ހަނގުރާމަކޮށް ޝަހީދުވާ މީހުންނީ މަރުވެފައިވާ ބައެކޭ ތިޔަބައިމީހުން ނުބުނާށެވެ. ކިއެއްހެއްޔެވެ. އެމީހުންނަކީ ދިރި ތިބި ބައެކެވެ. އެހެންނަމަވެސް ތިޔަބައިމީހުންނަށް އެކަމެއް އިޙްސާސެއް ނުކުރެވެއެވެ."
2. قال الله تعالى:"يَا أَيُّهَا الَّذِينَ آمَنُوا هَلْ أَدُلُّكُمْ عَلَى تِجَارَةٍ تُنْجِيكُمْ مِنْ عَذَابٍ أَلِيمٍ(*) تُؤْمِنُونَ بِاللَّهِ وَرَسُولِهِ وَتُجَاهِدُونَ فِي سَبِيلِ اللَّهِ بِأَمْوَالِكُمْ وَأَنْفُسِكُمْ ذَلِكُمْ خَيْرٌ لَكُمْ إِنْ كُنْتُمْ تَعْلَمُونَ"   (الصف:10&11 )
ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން ނަރަކައިގެ ވޭންދެނިވި ޢަޛާބުން މިންޖު ކުރަނިވި ވިޔަފާރިއަކަށް ތިމަން ﷲ މަގު ދައްކަވަން ހެއްޔެވެ؟ ތިޔަބައިމީހުން ﷲ އާއި އެއިލާހުގެ ރަސޫލާއަށް އީމާންވެ ﷲ ތަޢާލާގެ މަގުގައި، ތިޔަބައިމީހުންގެ މުދަލާއި ނަފްސުތަކުން ޖިހާދު ކުރާށެވެ. ފަހެ ތިޔަބައިމީހުންނަށް އެނގޭނަމަ އެކަންތައްތައް ތިޔަބައިމީހުންނަށް މާހެޔޮކަން ބޮޑުވެގެންވެއެވެ."

Sunday, October 30, 2011

ޞަޙާބީންގެ ކީރިތި ކުރެއްވުން


ޞަޙާބީންގެ ކީރިތި ކުރެއްވުން (رضي الله عنهم)

އުއްމު ޢީޝަލް
އަލް އިރްބާދު އިބްން ޝާރިޔާގެ އަރިހުން ރިވާވެގެންވެއެވެ. "ރަސޫލާ (صلى الله عليه وسلم) ތިމަން ބޭކަލުންނަށް ވަރަށް މާނަފުން އަގުހުރި ނަސޭހަތެއް ދެއްވިއެވެ. އޭގެ ސަބަބުން ތިމަން ބޭކަލުންގެ ހިތްތައް ތުރުތުރު އަޅައިގެން ގޮސް ތިމަން ބޭކަލުންގެ ލޯތަކުން ކަރުނަތައް އޮހޮރިގަތެވެ. އެހެންކަމުން ތިމަން ބޭކަލުން ދެންނެވީމެވެ. "އޭ ﷲގެ ރަސޫލާއެވެ! ތިމަންބޭކަލުންނަށް ހީފުޅުވަނީ ތިދެއްވީ އެންމެ ފަހުގެ ވަދާޢީ ހުތުބާ ހެންނެވެ. އެހެންކަމުން ތިމަން ބޭކަލުންނަށް ނަސޭހަތްތެރިވެ ދެއްވާށެވެ." އެކަލޭގެފާނު (صلى الله عليه وسلم) ހަދީޘް ކުރެއްވިއެވެ."ތިމަންކަލޭގެފާނު ތިޔަބައިމީހުނަށް ﷲ ތަޢާލާއަށް ތަޤުވާވެރިވުމަށް ނަސޭހަތްތެރިވަމެވެ. ހަަބުޝީގެ އަޅަކު ތިޔަބައިމީހުންގެ ވެރިއަކަށް އިސްކުރެވުނު ނަމަވެސް އޭނާގެ އަޑު އަހައި ކިޔަމަންތެރިވާށެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން ދިގު އުމުރެއްގައި ދެމިހުންނާނެ މީހަކަށް ގިނަ ތަފާތުވުންތަކެއް ފެންނާނެއެވެ. އެހިނދުން ތިމަންކަލޭގެފާނަށާއި، ޞާލިހު ޚަލީފާއިންގެ ސުންނަތުގައި ސާބިތުވެ ތިބުމަށް ތިޔަބައިމީހުންނަށް އުނދަގޫވާނެއެވެ. އެހިނދު ތިޔަބައިމީހުންގެ ކޮލުދަތްތަކުން މީގައި ހިފަހައްޓާށެވެ. އަދި ބިދުޢަތަކުން ރައްކާތެރިވާށެވެ. ހަމަކަށަވަރުން ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ." (އަބޫ ދާވޫދު، އައް ތިރްމިޒީ، އިބްން މާޖާ)
އަނަސް رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. "ރަސޫލާ (صلى الله عليه وسلم) ތިމަންބޭކަލުންނަށް ޚުތުބާއެއް ދެއްވިއެވެ. އެއާއި އެއްފަދަ ދެވަނަ ހުތުބާއެއް ތިމަންބޭކަލުން މީގެކުރިން އަޑެއް ނާހަމެވެ. އެކަލޭގެފާނު (صلى الله عليه وسلم) ހަދީޘް ކުރެއްވިއެވެ. "ތިމަން ކަލޭގެފާނަށް އެނގިވަޑައިގަންނަވާ ތަކެތި ތިޔަބައިމީހުންނަށް އެނގިވަޑައިގަންނަވާނަމަ، ތިޔަބައިމީހުން ގިނައިން ރުއީހެވެ. އަދި މަދުން ނޫނީ ނުހޭނެއެވެ." މިއާއިއެކު ރަސޫލާ (صلى الله عليه وسلم) ގެ ސަހާބީންގެ މޫނުފުޅުތައް ރުއިމާއި ގިސްލުމުން ފޮރުވުނެވެ." (ބުޚާރީ އަދި މުސްލިމް)

Tuesday, October 25, 2011

"އެންމެ ބޮޑު ޢަޖާއިބު"


އެންމެ ބޮޑު ޢަޖާއިބު

 އައްޝައިޚު ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް

ހިޖުރައިން 751 ގައި ނިޔާވެފައިވާ އިސްލާމީ އުއްމަތުގެ މަޝްހޫރު ފަންނުވެރި، ފިޤުހުވެރި، ވިސްނުންތެރި، ޙިކްމަތްތެރި، ޒާހިދު، އާދަޔާއި ޚިލާފު ސައިންޓިސްޓު އަދި ޑޮކްޓަރު އަލްއިމާމް އިބުނުލް ޤައްޔިމް رحمه الله ލިޔުއްވާފައިވެއެވެ. " ކަންކަމުގެ ތެރެއިން އެންމެ ޢަޖާއިބުކަން ބޮޑު ކަމަކީ ﷲ ކަލެއަށް އެނގުމަށް ފަހުވެސް ކަލޭ އެކަލާނގެ ދެކެ ލޯބި ނުވުމެވެ. (އެގޮތަކީ) އެކަލާނގެ މަގަށް ގޮވަމުންދާ ގޮވުންތައް އަޑުއިވިފައިމެ އިޖާބަ ނުދީ ފަހަށްޖެހިގެން ހުރުމެވެ. އަދި އެކަލާނގެ އާއި އެކު މުޢާމަލާތް ކުރުމުގައި ހުރި ލާބަޔާއި މަންފާ އެނގިހުރެމެ އެކަލާނގެ ދޫކޮށް އެހެން ފަރާތްތަކާއި އެކު މުޢާމަލާތް ކުރަމުންދިއުމެވެ. އަދި އެކަލާނގެ ކޯފާގެ ބޮޑުކަން އެނގޭ ޙާލު ކޯފާއަށް ހުށައޮޅިގަތުމެވެ. އަދި އެކަލާނގެއަށް އުރެދުމުގެ ނާމާންކަމުން އަންނަ ހިތިރަހަ ދެކިފައިމެ، އެކަލާނގެއަށް ކިޔަމަންވުމުގެ ހަމަޖެހުން ހޯދާން ނޫޅުމެވެ. އަދި އެކަލާނގެ ބަސްފުޅުތަކާއި އެކަލާނގެއާއިމެދު ފިކުރުކުރުން ދޫކުރުމުގެ ސަބަބުން ހިތަށް ލިބިގެންދާ ކެކުޅުން އިޙްސާސް ކުރަމުންވެސް، އެކަލާނގެ ހަނދުމަ ކުރުމާއި، ކުއްތަންވެ މުނާޖާ ދެންނެވުމަށް ހިތް ތަނަވަސް ނުވާކަމެވެ. އަދި އެކަލާނގެ ފިޔަވައި އެހެން އެއްޗަކަށް ހިތުގެ ޖާގަ ހުސްވެފައިވުމުން ހިތަށް ލިބިގެންދާ އަހުވަ ފެނި އެކަމުން ސަލާމަތްވުމަށްޓަކައި އެކަލާނގެއަށް ކުށްތަންވެ، ރުޖޫޢަވުމުގެ ނިޢުމަތާއި ދިމާއަށް  ނުދިއުމެވެ.

އަދި މިހުރިހާ ކަމަކަށްވުރެވެސް ޢަޖާއިބީ  ކޮންމެޙާލެއްގައިވެސް  އެކަލާނގެ އެހީތެރިކަމަށް ކަލެއަށް ބޭނުންޖެހިފައިވުމާއި، އެފަރާތަށްވުރެ މުހިއްމު ފަރާތެއް ކަލެއަށް ނެތްކަން ޔަޤީންވާއިރުވެސް ކަލޭ ތިދަނީ އެކަލާނގެއާއި ހައްތާވެސް ދުރަށް ކަމުގައިވުމެވެ. އަދި އެކަލާނގެއާއި ދުރުކުރުވާ އެއްޗަކާ ވިއްޔާވެސް ކައިރިވަމުން އެއެއްޗަކާއި ދިމާލަށް  އެދުންވެރިވަމުންކަމުގައި ވާތީއެވެ.

Monday, August 29, 2011

ޢީދުގެ އަދަބުތަކާއި ސުންނަތް

ޢީދުގެ އަދަބުތަކާއި ސުންނަތް

އައްޝައިޚު އާދަމް ޝަމީމް ބިން އިބްރާހީމް

ބަރަކާތްތެރި ޢީދު ދުވަހަކީ މުސްލިމުން އުފާކުރުމަށްޓަކައި މާތް ﷲ ޝަރުޢު ކޮށްދެއްވި ދުވަހެކެވެ. ވީމައި ފިޠުރު ޢީދާއި ޢަޟްޙާ ޢީދު ދެދުހުގައިވެސް رسول الله صلى الله عليه وسلم ކަންތައްތައް ކުރައްވައި ދެއްކެވި ގޮތް ދަނެ ދަސްކުރުމަކީ މުސްލިމުން ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. މާތް ﷲގެ ހަޟުރަތުގައި އެކަން ބޮޑަށް މަގުބޫލު އަދި އެކަލާނގެ ރުއްސެވުން ލިބިގަތުމަށްޓަކައެވެ. ތިރީގައި އެވަނީ އިތުރުއެކަލޭގެފާނާއި އެކަލޭގެފާނުންގެ އަރިސް ޞަހާބީންގެ އަރިހުން ވާރިދުވެފައިވާ ޢީދުގެ ސުންނަތްތަކާއި އަދަބުތަކުގެ ތެރެއިން ވާ މުހިންމު ކަންކަމެވެ. 

Sunday, August 28, 2011

مَاذَا بَعْدَ رَمَضَان؟

 مَاذَا بَعْدَ رَمَضَان؟
 އަލްއަޚް އަޙްމަދު ނާޒިލް ބިން މުޙައްމަދު
ރަމަޟާން މަހަށްފަހު ދެން އޮތީ ކޮންކަމެއް؟
އަޅުގަނޑުމެންނާ ބަރަކާތްތެރިވެގެންވީ ރަމަޟާން ބައްދަލު ކުރުމުގެ ކުރިޔެވެ. ރަމަޟާން މަހަށް ތައްޔާރު ވުމާއި އެމަހުގެ މާތް ކަމާއި މަތިވެރި ކަމާއި އެމަހުގައި އަޅުކަން ކުރުމާއި ބެހޭ ގޮތުން ތަފާތު މުނާސަބަތު ތަކުގައި މީސްތަކުން އެއްވެ ވާހަކަ ދައްކައި އުޅުނޫއެވެ. ރަމަޟާން މަހަކީ އަޅުކަމުގެ މައްސަރެވެ. އެއީ ޤުރުއާނުގެ މައްސަރެވެ. އެއީ ބަރަކާތްތެރި ރެއެއް އެމަހުގައިވާ މައްސަރެވެ. އެއީ ހެޔޮކަމާއި ޘަވާބުން ފުރިގެންވާ މައްސަރެވެ. އިސްތިޣްފާރު ކުރުމާއި ޛިކުރު ކުރުމުގެ މައްސަރެވެ. އެއީ ރޭއަޅުކަން ކުރުމުގެ މައްސަރެވެ. ޞަދަޤާތުގެ މައްސަރެވެ. ރަމަޞާން މަހަކީ ޝައިޠާނުންތައް ކަސްތޮޅު އެޅުވި ނަރަކައިގެ ދޮރުކޮޅުތައް ބަންދު ކުރެވި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވޭ މައްސަރެވެ. މިވާހަކަތައް އަޑު އިވިފައި ނުވައި މުސްލިމަކު މި ބަރަކާތްތެރި ރަމަޟާން މަހާއި ބައްދަލު ކޮށްފައި ނުވާނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ!

Friday, August 26, 2011

ފިޠުރުޒަކާތް ފަރުޟުކުރެއްވުން

ފިޠުރުޒަކާތް ފަރުޟުކުރެއްވުން.


عَنْ ابْنِ عَبَّاسٍ قَالَ فَرَضَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ زَكَاةَ الْفِطْرِ طُهْرَةً لِلصَّائِمِ مِنْ اللَّغْوِ وَالرَّفَثِ وَطُعْمَةً لِلْمَسَاكِينِ مَنْ أَدَّاهَا قَبْلَ الصَّلَاةِ فَهِيَ زَكَاةٌ مَقْبُولَةٌ وَمَنْ أَدَّاهَا بَعْدَ الصَّلَاةِ فَهِيَ صَدَقَةٌ مِنْ الصَّدَقَاتِ
( އަބޫ ދާވޫދު :1371 )

މާނައީ " މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ ބުނު ޢައްބާސްގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ" ސަލާމާއި ޞަވާތްލެއްވި ކީރިތިރަސޫލާ ފިޠުރުޒަކާތް ފަރުޟުކުރެއްވިއެވެ. އެއީ  ( ރޯދައަށްހުރި ދުވަސްވަރުގެ ) ޖިންސީ އެދުންތަކާއި،ބޭކާރު ވާހަކަތަކުގެ ( ފާފައިން) ރޯދަވެރިޔާއަށް ލިބުނު ޠާހިރުކަމަކަށްޓަކައެވެ . އަދި އެއީ މީސްކީނުންނަށް ދެވޭ ކާންދިނުމެކެވެ. ( ޢީދު ) ނަމާދުގެކުރިން އެ ޒަކާތް އަދާކޮށްފިމީހާގެ ކިބައިން ޒަކާތުގެ ގޮތުގައި ޤަބޫލުކުރެވޭނެއެވެ. ނަމަވެސް ( ޢީދު ) ނަމާދުގެފަހުން ދީފިމީހާ އެދެނީ  ޞަދަޤާތުގެރެއިންވާ ޞަދަޤާތެކެވެ.

Thursday, August 25, 2011

ޢަރުޝީގެ ހިޔާވަހިކަން

ޢަރުޝީގެ ހިޔާވަހިކަން...

 އަލްއަޚް ޝަފީޢު ޢަބްދުﷲ
الحمد الله والصلاة والسلام على نبينا وبعد:

ފަހެ، ޤިޔާމަތް ދުވަހަކީ، ހުރިހާ ޚަލްޤުތައް، މާތް ﷲ ގެ ޙަޟްރަތަށް ޖަމާކުރެވޭނެ ދުވަހެވެ. އެދުވަހުގެ ބިރުވެރިކަމާއި ބެހޭގޮތުން ގިނަގުނަ އާޔަތްތަކާއި ޙަދީޘްތައް ވާރިދުވެގެން އައިސްފައިވެއެވެ.

ނަމަވެސް، މި ލިޔުމުގައި، އެ އަޔާތްތަކާއި ޙަދީޘްތަކަށް ޢިޝާރާތްކުރުމުގެ ބަދަލުގައި، އެދުވަހުގެ ނުރައްކާތެރިކަމުން ސަލާމަތްކަން ލިބޭނެ ބައެއް ކަމަށް، މާތް ނަބިއްޔާ صلى الله عليه وسلمޙަދީޘްފުޅުކުރައްވައިފައިވާ ބައެއް މީހުންގެ ވާހަކަތައް ހިމަނާލެވޭތޯ ބަލާނަމެވެ. މަޤްސަދަކީ، އެފަދަ މީހުންގެ ސިފަތަކަކީ ކޮބައިތޯ ބަލައި، އެމީހުންގެ ތެރެއިންވުމަށް މަސައްކަތްކުރުމުގެ ތައުފީޤު މާތް ﷲ ދެއްވުމެވެ.

Monday, August 22, 2011

ރޯދަ ކުރުކުރުން... މައްސަލައެއްނޫނެވެ

 ރޯދަ ކުރުކުރުން... މައްސަލައެއްނޫނެވެ!...
އަލްއަޚް ޝަފީޢު ޢަބްދުﷲ
އާދެ، ހައިރާންވެ ނުލައްވާށެވެ. ސުރުޙީ އެ އޮތީ ރަނގަޅަށެވެ. އަޅުގަނޑު ލިޔުނުގޮތަށެވެ. ވިދާޅުވަމުން ކުރިޔަށް ވަޑައިގަންނަވާށެވެ. އޭރު އެކަން އިތުރަށް ޔަޤީންވެގެން ހިނގައިދާނެއެވެ.

އާދެ، ރޯދަ ކުރުކުރުމޭ ބުނެވެނީ ރޯދަހިފައިގެން ހުރެ ކޮންމެވެސް ކަމެއްގައި މަޝްޣޫލުވެ ހުރެ އެދުވަހުގެ ވަޤުތު ދުއްވާލުމަށެވެ. އެގޮތުން، އެކި މީހުން އެކިއެކި ކަންތައްކޮށް އުޅެއެވެ. މިގޮތުން ޓީވީއާއި ބައެއް ރޭޑިޔޯ ޗެނެލްތައް ވަނީ މިކަމުގައި ވަރަށް ކުރިއަރައިގެން ގޮސްފައެވެ. އެޕިކަޕުން މިޕިކަޕަށެވެ. ރަތް ލޮރީން ނޫ ލޮރީ އަށެވެ. ލަވަޔާއި މިޔުޒިކުގައެވެ. ޒާމާނަށް އައި ބަދަލާއެކު ފޭސްބުކު ކަހަލަ ސޯޝަލް ނެޓްވޯކިންގް ވެބްސައިޓްތަކަށްވެސް ލިބޭ ތަރުހީބު ކުޑައެއްނޫނެވެ. ތެދެކެވެ. ވަޤުތު ދާގޮތް ބުނެދޭން ނޭނގޭހާވެސް "ފާސްޓެ"ވެ. ރޯދަ ވަރަށްވެސް ކުރެވެ.

Saturday, August 20, 2011

ރޯދައިގެ ވަޞިއްޔަތް - ފަހުދިހައެއް


ރޯދައިގެ ވަޞިއްޔަތް - ފަހުދިހައެއް
އައްޝައިޚު ޙަސަން މޫސާ ފިކުރީ

ރަމަޟާންމަހުގެ ހުރިހާ ދުވަސްތަކަކާއި ރޭތަކަކީވެސް އަޅުކަމާއި ހެޔޮކަމުގެ ދުވަސްތަކަކާއި ރޭތަކަކެވެ. ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަބަޔަކު ރަމަޟާންމަހުގެ ފުރަތަމަ ދުވަސްތަކުގައި މިސްކިތުގެ ޖަމާޢަތަށްދިޔުމާއި ތަރާވީޙު ނަމާދަށް ދިޔުމުގައި ބެހެއްޓި ފޯރި ، ރަމަޟާންމަސް ނިމެގެން ދިޔަ ދިޔަހެން މިފެންނަނީ އެފޯރިވެސް ކެޑިގެން ނެތެމުން ދާތަނެވެ.

ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ހެޔޮކަމުގައި އެންމެ ހީވާގިވެލައްވާ މައްސަރަކީ ރަމަޟާންމަހެވެ. އެކަލޭގެފާނަކީ އަހަރުގެ ހުރިހާ ދުވަސްތަކެއްގައިވެސް ހެޔޮކަމުގައި މަޝްޣޫލުވެލައްވާ ބޭކަލެކެވެ. ފައިންޕުޅު ދުޅަވަންދެން ދަމުނަމާދު ކުރެއްވުމުގައި ހުންނަވާކަމަށް ރިވާވެގެންވެއެވެ. ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު އެންމެބޮޑަށް އަޅުކަމުގައި ހީވާގިވެލައްވަނީ ރަމަޟާންމަހުގެ ފަހުދިހައެއްގައެވެ.

ليلةالقدر


ليلةالقدر
بِّسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
إِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ [٩٧:١]
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެ قرآن ބާވައިލެއްވީ ليلةالقدر ވިލޭރޭގައެވެ.
 
وَمَا أَدْرَاكَ مَا لَيْلَةُ الْقَدْرِ [٩٧:٢]
އަދި ليلةالقدر ވިލޭރެޔަކީ، ކޮންރެޔެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟

لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ [٩٧:٣]
ليلةالقدر ވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ.

تَنَزَّلُ الْمَلَائِكَةُ وَالرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍ [٩٧:٤]
ملائكة ންނާއި، جبريل ގެފާނު އެބޭކަލުންގެ ވެރިރަސްކަލާނގެ إذن ފުޅާއެކު، ހުރިހާ أمر ފުޅަކާއިގެން އެރޭ ފައިބައިވަޑައިގަންނަވާނެތެވެ.
 
سَلَامٌ هِيَ حَتَّىٰ مَطْلَعِ الْفَجْرِ [٩٧:٥]
އެއީ فجر ގެ އަލިކަން ފާޅުވެއްޖައުމަށްދާނދެން، أمان ކަމާއި، ސަލާމަތްކަން ލިބިގެންވާ ރެޔެކެވެ.


Related Posts Plugin for WordPress, Blogger...