ޞަޙާބީންގެ ކީރިތި ކުރެއްވުން (رضي الله عنهم)
އުއްމު ޢީޝަލް
އަލް އިރްބާދު އިބްން ޝާރިޔާގެ އަރިހުން ރިވާވެގެންވެއެވެ. "ރަސޫލާ (صلى الله عليه وسلم) ތިމަން ބޭކަލުންނަށް ވަރަށް މާނަފުން އަގުހުރި ނަސޭހަތެއް ދެއްވިއެވެ. އޭގެ ސަބަބުން ތިމަން ބޭކަލުންގެ ހިތްތައް ތުރުތުރު އަޅައިގެން ގޮސް ތިމަން ބޭކަލުންގެ ލޯތަކުން ކަރުނަތައް އޮހޮރިގަތެވެ. އެހެންކަމުން ތިމަން ބޭކަލުން ދެންނެވީމެވެ. "އޭ ﷲގެ ރަސޫލާއެވެ! ތިމަންބޭކަލުންނަށް ހީފުޅުވަނީ ތިދެއްވީ އެންމެ ފަހުގެ ވަދާޢީ ހުތުބާ ހެންނެވެ. އެހެންކަމުން ތިމަން ބޭކަލުންނަށް ނަސޭހަތްތެރިވެ ދެއްވާށެވެ." އެކަލޭގެފާނު (صلى الله عليه وسلم) ހަދީޘް ކުރެއްވިއެވެ."ތިމަންކަލޭގެފާނު ތިޔަބައިމީހުނަށް ﷲ ތަޢާލާއަށް ތަޤުވާވެރިވުމަށް ނަސޭހަތްތެރިވަމެވެ. ހަަބުޝީގެ އަޅަކު ތިޔަބައިމީހުންގެ ވެރިއަކަށް އިސްކުރެވުނު ނަމަވެސް އޭނާގެ އަޑު އަހައި ކިޔަމަންތެރިވާށެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން ދިގު އުމުރެއްގައި ދެމިހުންނާނެ މީހަކަށް ގިނަ ތަފާތުވުންތަކެއް ފެންނާނެއެވެ. އެހިނދުން ތިމަންކަލޭގެފާނަށާއި، ޞާލިހު ޚަލީފާއިންގެ ސުންނަތުގައި ސާބިތުވެ ތިބުމަށް ތިޔަބައިމީހުންނަށް އުނދަގޫވާނެއެވެ. އެހިނދު ތިޔަބައިމީހުންގެ ކޮލުދަތްތަކުން މީގައި ހިފަހައްޓާށެވެ. އަދި ބިދުޢަތަކުން ރައްކާތެރިވާށެވެ. ހަމަކަށަވަރުން ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ." (އަބޫ ދާވޫދު، އައް ތިރްމިޒީ، އިބްން މާޖާ)
އަނަސް رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. "ރަސޫލާ (صلى الله عليه وسلم) ތިމަންބޭކަލުންނަށް ޚުތުބާއެއް ދެއްވިއެވެ. އެއާއި އެއްފަދަ ދެވަނަ ހުތުބާއެއް ތިމަންބޭކަލުން މީގެކުރިން އަޑެއް ނާހަމެވެ. އެކަލޭގެފާނު (صلى الله عليه وسلم) ހަދީޘް ކުރެއްވިއެވެ. "ތިމަން ކަލޭގެފާނަށް އެނގިވަޑައިގަންނަވާ ތަކެތި ތިޔަބައިމީހުންނަށް އެނގިވަޑައިގަންނަވާނަމަ، ތިޔަބައިމީހުން ގިނައިން ރުއީހެވެ. އަދި މަދުން ނޫނީ ނުހޭނެއެވެ." މިއާއިއެކު ރަސޫލާ (صلى الله عليه وسلم) ގެ ސަހާބީންގެ މޫނުފުޅުތައް ރުއިމާއި ގިސްލުމުން ފޮރުވުނެވެ." (ބުޚާރީ އަދި މުސްލިމް)
No comments:
Post a Comment