Wednesday, June 1, 2011

ކައިވެނި

 ކައިވެނި
 ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުއްލަތީފް
ކައިވެންޔަކީ އަރާމާއި ހިތްހަމަޖެހުން ލިއްބައިދޭ ކަމެކެވެ. އެއީ ދުނިޔޭގެ އެންމެ މަތީ އުފާވެރި ކަމެވެ. އަދި މާތް ﷲ ގެ ގުދްރަތްތެރިކަމުގެ ދަލީލުތަކުގެ ތެރެއިންވާކަމެކެވެ. މާތް ﷲ ރޫމް ސޫރަތުގެ 21 ވަނަ އާޔަތުގައި ވަޙީ ކުރައްވައެވެ. ﭽوَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ ﭼ الروم: ٢١   މާނައަކީ: "ތިޔަބައިމީހުން އާދަމްގެފާނުގެ ޖިންސުން ޙައްވާގެފާނުގެ ޖިންސު އުފައްދަވައި، އެދެމެދުގައި ހިތްހަމަޖެހުމަށް ރަޙްމަތާއި، ގުޅުން ލެއްވުން، އެއީ، އެކަލާންގެ ކުޅަދުންވަންތަކަމުގެ ދަލީލުތަކުގެ ތެރެއިންވާކަމެކެވެ. ހަމަކަށަވަރުން އެއީ، ވިސްނާމީހުންނަށް ހުރި ދަލީލުތަކެކެވެ.
Related Posts Plugin for WordPress, Blogger...