Friday, January 28, 2011

ދިވެހިރާއްޖޭގައި ޣައިރުދީންތަކުގެ މީހުން އަޅުކަންކުރާތަންތަން ބިނާ ނުކުރެވޭނެކަމަށް ފިޤްހް އެކަޑަމީން ނިންމައިފި


ދިވެހިރާއްޖޭގައި ޣައިރުދީންތަކުގެ މީހުން އަޅުކަންކުރާތަންތަން ބިނާ ނުކުރެވޭނެކަމަށް ފިޤްހް އެކަޑަމީން ނިންމައިފި


ދިވެހިރާއްޖޭގައި އިސްލާމްދީން ނޫން އެހެނިހެންދީންތަކުގެ މީހުން އަޅުކަންކުރާތަންތަން ބިނާ ނުކުރެވޭނެކަމަށް ދިވެހިރާއްޖޭގެ ފިޤްހު އެކަޑަމީއިން ނިންމައިފިއެވެ. ފިޤްހުއެކަޑަމީއިން ނެރުނު ޤަރާރުގައި ބަޔާންކޮށްފައިވަނީ ޝަރުޢީ ދަލީލުތަކާއި ޤާނޫނީ ހަމަތަކަށްޓަކައި ދިވެހިރާއްޖޭގެ އެއްވެސް ތަނެއްގައި މާތްވެގެންވާ އިސްލާމްދީން ނޫން އެހެންއެއްވެސް ދީނެއްގެ އަޅުކަންކުރާ ތަންތަނާއި،ބިނާތައް ޤާއިމުކުރުމާއި،ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ޣައިރުމުސްލިމުންނާއި، ދިވެހިރާއްޖޭގައި ދިރިއުޅޭ ޣައިރުމުސްލިމުން އެމީހުންގެ ދީނީ ޝިޢާރު ހާމަކުރުމާއި ހާމަތަންތާނގައި ޣައިރުދީނުގެ ޝިޢާރު ދައްކުވައިދޭ ތަކެތިބެހެއްޓުމާއި، އެބައިމީހުން އަޅުކަންކުރަން ގެންގުޅޭ ތަކެތި ދިވެހި ރާއްޖޭގައި ވިއްކުމާއި، އެބައިމީހުންގެ ދީނީ ޝިޢާރުތައް ދިވެހިރާއްޖޭގައި ފެތުރުމުގެ ގޮތުން ކަމެއް ހިންގުމަކީ ހުއްދަވެގެންވާ ކަމެއް ނޫންކަމުގައި ކަނޑައަޅާފައިވެއެވެ.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...