އިސްލާމުން އަބަދުވެސް ބަރޯސާ ވާންޖެހޭނީ މާތްﷲ އަށެވެ.
އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް
މިދުނިޔޭގައި އިންސާނުންނަށް ތަފާތު ދިމަދިމާލުން އިމްތިޙާންތަކާއި ފިތުނަތައް ކުރިމަތިވުމަކީ ދުނިޔޭގެ ނިޒާމުގެ ކުލަވަރެވެ. ހިތާމަޔާއި އުފަލެވެ. ފަޤީރުކަމާއި، ތަނަވަސް ކަމެވެ. ދައްޗާއި ތިޔާގި ކަމެވެ. އަޑިގަނޑުގަނޑާއި އުސްގަނޑުގަނޑެވެ. ނިކަމެތި ކަމާއި ގަދަފަދަކަމެވެ.
މިދުނިޔޭގައި އިންސާނުންނަށް ތަފާތު ދިމަދިމާލުން އިމްތިޙާންތަކާއި ފިތުނަތައް ކުރިމަތިވުމަކީ ދުނިޔޭގެ ނިޒާމުގެ ކުލަވަރެވެ. ހިތާމަޔާއި އުފަލެވެ. ފަޤީރުކަމާއި، ތަނަވަސް ކަމެވެ. ދައްޗާއި ތިޔާގި ކަމެވެ. އަޑިގަނޑުގަނޑާއި އުސްގަނޑުގަނޑެވެ. ނިކަމެތި ކަމާއި ގަދަފަދަކަމެވެ.
ސިޔާސީގޮތުންނާއި އިޤްތިޞާދީގޮތުން ދިވެހިރާއްޖެ މި ދުވަސްކޮޅު ދެކެމުން މިދަނީ މީގެ ކުރިޔަކުން މިހާރު ދުނިޔޭގައި މިތިބަ ހަމަ އެއްވެސް ޝަޚުސަކު ދެކި ތަޖުރިބާކޮށްފައިވާ މަންޒަރުތަކެއްނޫނެވެ. މަންޒަރު ކޮންމެ ގޮތަކަށް ލޯމައްޗަށް ދެއްކި ކަމުގައިވިޔަސް، މާޔޫސްވުމަކީ އިސްލާމްދީން އޭގެ އަހުލުވެރީންނަށް ދަސްކޮށްދީފައިވާ ފިލާވަޅެއްނޫނެވެ. ސަބަބަކީ ފުރިހަމައަށް ހުރިހާކަމެއް ބެއްލެވުމާއިއެކުމެ، އެދި ވޮޑިގެންނެވި ކޮންމެކަމެއް ކޮންމެ ގޮތަކަށް ކުރެއްވުމަށް ކުޅަދުންވަންތަ އިލާހު ވޮޑިގެންވާކަމީ މުސްލިމުންގެ ޢަޤީދާއެވެ. ބޭރުފުށުން އެތައްކަމެއް ތިމާ ބޭނުންވާ ގޮތްނޫން އަނެއްގޮތަށް ފުރޮޅިގެންދާތަން ދިމާލަށް ފެނުނަސް ﷲ އަށް ވަކީލުކޮށް، އެކަލާނގެއަށް އީމާންވާ މީހަކަށް އެކަމުގައި އޮތީ އާޚިރުގައި ކާމިޔާބާއި އުފާކަން އެކަލާނގެ ވަނީ ފޮތުގައި ބާވައިލައްވާފައެވެ. އެއްކަލަ ޙަޔާތުގައި ދިމާވިނުރުހުނު ކަންތަކަކީ އެކަމެއްގައި ފަހުންއެންމެ ބަރަކާތްލައްވާ، އެކަމަށް ފަޚުރުވެރިވާ ކަންކަމުގައިވުމަކީ ހަމަ ގާތްކަމެވެ. މުސްލިމުންގެ ޝިޢާރަކީ" إن صلاتي و نسكي و محياي و مماتي لله رب العالمين " ހަމަކަށަވަރުން އަހަރެންގެ ނަމާދާއި، އެންމެހާ އަޅުކަމަކާއި، އަހަރެންގެ ދިރިހުރުމާއި އަދި މަރުވުންވެސް ވަނީ ހަމަ ﷲ އަށްޓަކައެވެ. އެއީ ޢާލަމްތަކުގެ ވެރި ރައްބެވެ."
އާދެ! ކިތަންމެ މަންޒަރެއް ދުނިޔެއިން ދެއްކިޔަސް، މައިދާން ކިތަންމެ ވަރަކަށް ކިލަނބުވިޔަސް، ބިންގަނޑު ނުތަނަވަސްވެ، މީހާ އެކަނިވެރިވެ، ހަތަރު އުދަރެސް ފެނުޖެހުނަސް ދިރިދެމިވޮޑިގެންވާ ﷲ ބައްލަވަން، އައްސަވަން، ކުޅަދުންވަންތަކަމާއި އެންމެހާ ކާއިނާތާއި މަޚްލޫޤުތަކުގެ މިލްކުވެރިކަމުގައި އިންސާނުންގެ އާހް ތަކާއި، ޝަކުވާތަކަށް އިޖާބަދެއްވުމަށް އެކަލާނގެ އަޅުތަކުންނަށް އޯގާވެރިވެވޮޑިގެންވާ ޙާލު އަބަދުމެ ވޮޑިގަންނަވާކަން ހަނދުމަނެތިވާވަރަށް ޣާފިލްވެގެން ނުދާށެވެ. އެއީ ހަމަ ތިބާ ހެއްދެވި ﷲ އެވެ. ތިޔައެނބުރެނީ ކޮން ދިމާލަކަށް، ކާކުގެ ކައިރިއަށްދާކަށްހެއްޔެވެ. ބޭނުން ކަމަކަށް އެނކަލާގެ ޙަޟްރަތުން އަވަހަށް އެދޭށެވެ.
No comments:
Post a Comment