އޭ ފާފަކުރުމަށް ލޯބިކުރާމީހާއެވެ
أبو أسيد
އަޅުގަނޑުމެންގެތެރެއިން ފާފަކުރުމަށްލޯބިކުރާމީހުންވެސްތިބެއެވެ. މީވަރަށްހިތާމަކުރަންޖެހޭކަމެކެވެ. ﷲތަޢާލާ އަހަރެމެންނަށްދެއްވިހާނިޢުމަތެއްގެ ބޭނުންކޮށްގެން އެކަލާނގެއަށްއުރެދުމަށް ލޯބިކޮށްފިމީހަކީ ބޮޑުވެގެންވާ އަނިޔާވެރިއެކެވެ. އަދި އެއީ ދުނިޔެއާއި އާޚިރަތުގާވެސް ބަދުނަސީބުވެރިއެކެވެ. އެފަދަމީހުންނަށް އަޅުގަނޑު މިހުށައަޅާލަނީ އެފަދަމީހަކު މާތްތާބިޢީއެއްކަމުގާވާ، އިބްރާހީމް ބިން އަދުހަމްރަޙިމަހުﷲ ކައިރިޔަށްގޮސް ދެއްކިވާހަކަ އެވެ. ފަހަރެއްގާމިވާހަކަކޮޅުން އެފަދަމީހުންނަށާއި އެނޫންމީހުންނައްވެސް ފައިދާއެއްކޮށްފާނެކަމަށްޓަކައެވެ.
އިބްރާހީމް ބިން އަދުހަމް ރަޙިމަހުﷲ އަކީ ތާބިޢީންކުރެ، ތަޤުވާވެރިކަމާއި، ޒުހުދުވެރިކަމާއި އަޅުވެރިކަމުގާ މަޝްޙޫރުބޭކަލެކެވެ. ދުނިޔެދޫކޮށް އާޚިރަތަށްޓަކާ މަސައްކަތްކުރެއްވިޢާބިދެކެވެ. އެއްދުވަހެއްގާ މިކަލޭގެފާނުންގެ އަރިހަށް މީހަކުއައިސް ދެންނެވިއެވެ.
އޭ އަބޫއިސްޙާޤް އެވެ. އަހަރެންގެ ނަފްސުގެމައްޗައްވަނީ ފާފައިން އިސްރާފުކުރެވިފައެވެ. ތިމަންފާފައިންދުރުވެވޭނެ ކަހަލަކަމެއް ބުނެދެއްވަބަލާށެވެ. ނުވަތަ އެކަމުންސަލާމަތްވާނެގޮތެއްބުނެދޭށެވެ.
އިބްރާހީމް ބިން އަދުހަމް ރަޙިމަހުﷲ ވިދާޅުވިއެވެ: ތިބާ ފަސްކަމެއް ޙާޞިލްކޮށް އެފަސްކަމުގެމައްޗަށް ކުޅަދާނަވެއްޖެނަމަ ފާފަ ކުރުމަކުން ތިބާގެމައްޗަށްގެއްލުމެއްނެތެވެ.
އޭނާބުންޏެވެ: އެއީ ކޮންފަސްކަމެއްތޯއެވެ. ބުނެދެއްވާށެވެ.
އިބްރާހީމް ބިން އަދުހަމް ރަޙިމަހުﷲ ވިދާޅުވިއެވެ: ފުރަތަމަކަމަކީ، ތިބާއެކަލާނގެއަށް އުރެދެންބޭނުންނަމަ އެކަލާނގެރިޒުޤުން ނުކާށެވެ.
އޭނާބުންޏެވެ: ދެންތިމަންކާނީކޮންއެއްޗެއްތޯއެވެ. އެހެނީބިމުގާވާހާވާނަމަ ހުރިހާއެއްޗަކީ އެކަލާނގެރިޒްޤެވެ.
އިބްރާހީމް ބިން އަދުހަމް ރަޙިމަހުﷲ ވިދާޅުވިއެވެ: އޭމިހިރަފެންނަމީހާއެވެ. ތިބާ އެކަލާނގެ ރިޒްޤުންކައިގެން އެކަލާނގެ އަށް އުރެދެންހެޔޮވާނެތޯއެވެ؟
އޭނާބުންޏެވެ: ނޫނެކެވެ. ދެވަނައީކޮންކަމެއްތޯއެވެ.
އިބްރާހީމް ބިން އަދުހަމް ރަޙިމަހުﷲ ވިދާޅުވިއެވެ: ތިބާއެކަލާނގެއަށް އުރެދެންބޭނުންނަމަ އެކަލާނގެބިމުގައި ނޫޅޭށެވެ.
އޭނާބުންޏެވެ: ތީއަދިމާބޮޑުކަމެކެވެ. ދެންތިމަންދިރިއުޅޭނީކޮންތާކުތޯއެވެ.
އިބްރާހީމް ބިން އަދުހަމް ރަޙިމަހުﷲ ވިދާޅުވިއެވެ: އޭމިހިރަފެންނަމީހާއެވެ. ތިބާއެކަލާނގެރިޒުގުން ކައިގެން، އެކަލާނގެބިމުގާ އުޅެމުން އެކަލާނގެއަށް އުރެދެން ހެޔޮވާނެހެއްޔެވެ؟
އޭނާބުންޏެވެ: ނޫނެކެވެ. ތިންވަނަކަންތައް ވިދާޅުވެދެއްވާށެވެ.
އިބްރާހީމް ބިން އަދުހަމް ރަޙިމަހުﷲ ވިދާޅުވިއެވެ: ތިބާ އެކަލާނގެ ރިޒްޤުންކައިގެން، އެކަލާނގެބިމުގާ އުޅެމުން އެކަލާނގެއަށް އުރެދެން ބޭނުންނަމަ، ތިބާ އެކަލާނގެއަށް ނުފެންނާނެތާކަށްގޮސް އުރެދޭށެވެ.
އޭނާބުންޏެވެ: އޭ އިބްރާހީމްއެވެ! ތީކިހިނެއްވާނެކަމެއްތޯއެވެ. އެކަލާނގެއީ ސިއްރުތައް ދެނެވޮޑިގެންވާ އިލާހެވެ.
އިބްރާހީމް ބިން އަދުހަމް ރަޙިމަހުﷲ ވިދާޅުވިއެވެ: އޭމިހިރަފެންނަމީހާއެވެ. ތިބާ އެކަލާނގެ ރިޒްޤުންކައިގެން، އެކަލާނގެބިމުގާ އުޅެމުން، އެކަލާނގެތިބާއަށް ބައްލަވާވޮޑިގެންވާހިނދު، އެކަލާނގެއަށް ތިބާއުރެދެންހެޔޮވާނެހެއްޔެވެ؟
އޭނާބުންޏެވެ: ނޫނެކެވެ. ހަތަރުވަނަކަންތައްބުނެދެއްވާށެވެ.
އިބްރާހީމް ބިން އަދުހަމް ރަޙިމަހުﷲ ވިދާޅުވިއެވެ: ތިބާގެގާތަށް، މަލަކަލްމައުތު، ތިބާގެފުރާނަބަލައި އަންނަހިނދު، ތިބާގެ ފުރާނަ ތިބާ ތައުބާވެ ހެޔޮއަމަލުތައްކޮށްފުމަށްދާންދެން ލަސް ކޮށްލުމަށްބުނާށެވެ.
އޭނާބުންޏެވެ: އެކަންތިމަންނަގެކިބައިން އެކަލޭގެފާނުންބަލައެއްނުގަންނާނެއެވެ.
އިބްރާހީމް ބިން އަދުހަމް ރަޙިމަހުﷲ ވިދާޅުވިއެވެ: އޭމިހިރަފެންނަމީހާއެވެ. ތިބާތައުބާވެ، ހެޔޮޢަމަލުކުރުމަށްޓަކައި މަރު އަޔަނުދީލަސްނުކުރެވޭހާލު، އަދި އެމަރުއައިސްފިނަމަ އެކަންލަސްނުވެވޭނެކަންވެސް ތިބާދެނެހުރެމެ، ފާފަތަކުގާދެމިހުރެގެން ސަލާމަތްތެރިކަމަށް އުންމީދުރާނީކޮންފަދައަކުންހެއްޔެވެ؟
އޭނާބުންޏެވެ: ފަސްވަނަކަންތައްބުނެދެއްވާށެވެ.
އިބްރާހީމް ބިން އަދުހަމް ރަޙިމަހުﷲ ވިދާޅުވިއެވެ: ޤިޔާމަތްދުވަހު ތިބާ ނަރަކަޔަށްގެންދިޔުމަށްޓަކައި ޒަބާނިއްޔަމަލާއިކަތުން އަންނަހިނދު އެބޭފުޅުންނާއިއެކުނުދާށެވެ.
އޭނާބުންޏެވެ: އެބޭކަލުން ތިމަންނަދުލެއްނުކުރާނެއެވެ. އަދިއެކަންތިމަންގެކިބައިންޤަބޫލުވެސްނުކުރެވޭނެއެވެ.
އިބްރާހީމް ބިން އަދުހަމް ރަޙިމަހުﷲ ވިދާޅުވިއެވެ: ދެން ފާފަތަކުގެމަތީހުރެ ތިބާ ސަލާމަތްވާނީ ކޮންފަދަޔަކުންހެއްޔެވެ.
އޭނާބުންޏެވެ: އޭއިބްރާހީމްއެވެ. އަހަރެންނަށްފުދިއްޖެއެވެ. އަހަރެންނަށްފުދިއްޖެއެވެ. އަހަރެންﷲ އަށް އިސްތިޣްފާރުކޮށް އެކަލާނގެއަށް ތަޢުބާވަމެވެ.
އޭގެފަހުންއޭނާ ތެދުވެރި ތަޢުބާއަކުން ތަޢުބާވެ އަޅުވެރިއެއްކަމުގައި ވިއެވެ. އޭނާކުރަމުންދިޔަފާފަތައްދޫކޮށް ޞާލިޙް އަމަލުތަކުގައި މަރުވަންދެންދެމިހުއްޓެވެ.
އޭހައްދާވާބޮޑުކުރެއްވި އިލާޙް! އަޅަމެންނަކީވެސް ހެޔޮބަސްއަހާ، ތެދުވެރިތަޢުބާވާމީހުންގެތެރެއިންލައްވަވާންދޭވެ! އަދި އެގޮތުގައި މަރާހަމައައްވެސްޘާބިތުކޮށްދެއްވާ، ނަރަކައިގެޢަޛާބުން، އަޅަމެންދިންނާވާންދޭވެ! އާމީން
أخوكم في الله

No comments:
Post a Comment