އޭ ވަލިއްޔުލް އަމްރެވެ. 9 އަހަރުގެ ކުދިންނާއި ކައިވެނިކުރާ ވާހަކައިން ތިޔަ ޖޯކުޖެހެނީ ކާކަށްކަން އެނގޭ ހެއްޔެވެ؟
މިދިޔަ ހުކުރުދުވަހު ރާއްޖޭގެ އެކިކަންކޮޅުތަކުގައި އަދުގެ ސަރުކާރުގެ ލާދީނިއްޔަތާއިދެކޮޅަށް ބޭއްވި ބޮޑު މުޒާހަރާއާއި ވިއްދައިގެން ހަމަ އެދުވަހު އަޅުގަނޑުމެންގެ ވަލިއްޔުލް އަމްރުވެސް ދެރަ ނުވާންވެގެންވަނީ މުޒާހަރާއެއް ބާއްވާފައެވެ. މުޒާހަރާގައި ވާހަކަ ދައްކަމުން މުޅިންވެސް ޖެހީ އިސްލާމްދީނަށް ޖޯކެވެ. ބޮޑަށް ވައްތަރުވަނީ ސަލްމާން ރުޝްދީގެ "ސެޓެނިކް ވާރސަސް" ކިޔާފައި އައިސް އޭގައި އޮތްގޮތަށް ވާހަކަދެއްކިހެންނެވެ. އޭގެތެރޭގައި 9 އަހަރުގެ އަންހެން ކުދިންނާއި ކައިވެނި ކުރާ ވާހަކަ އާއި ޖާރިޔާގެ ވާހަކަވެސް ދައްކައި ދީނަށް ފުރައްސާރަކޮށްފައިވެއެވެ.
ދަންނަވަންތޯއެވެ. 9 އަހަރުގެ ކުއްޖަކާއި ކައިވެނިކުރުމަށް ދިވެހިރާއްޖޭގެ ތާރީޚުގައިވެސް މީހަކު ފޯމެއްލާފައި ވޭތޯއެވެ؟ ނޫނީ އެކަން ބޭނުން ވެގެން އެ ވާހަކަ ދައްކައި އުޅެނީ ދިވެހި ކޮން މުސްލިމެއް ހެއްޔެވެ. ޖާރިޔާއިން ގެންގުޅެނީ ދިވެހި ކޮން މުސްލިމެއްހެއްޔެވެ. އެކަމަށް އެދި ދަޢުވާކުރަނީ ކާކު ހެއްޔެވެ. ޖާރިޔާއިން ގެންގުޅެނީ ކޮންބައެއްކަން މިއަދު އަހަރެމެންނަށް އޮޅިފައެއްނެތެވެ.
ވަލިއްޔުލް އަމްރެވެ. ތިޔައުޅެނީ އޮޅިގެންނޫންކަން އަހަރެމެންނަށް އެނގެއެވެ. ތިޔައީ އޮޅިގެން ދެއްކި ވާހަކަތަކެއް ނޫނެވެ. ތިޔައީ ހަމަ ޤަސްތުގައި ދެއްކި ވާހަކަތަކެކެވެ. ތިޔަ ޖޯކުޖެހީ އަހަރެމެންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ނިސްބަތްކޮށެވެ.
މެދުމިނަށް ތާއިދު ކުރުމުގެ ނަމުގައާއި، މާތް ﷲ ޙަރާމް ކުރެއްވި ކަންކަމަކީ ދިވެހިރައްޔިތުން އެދޭ ކަންކަމެއް ނޫނޭ ބުނެ، ރައްޔިތުންގެ ނަމުގައިވެސް ތިޔަ ހަދަނީ ހުސްދޮގެވެ. އަދި ދިވެހިރައްޔިތަކު މަރާލެވޭނީ ތިމަންނަ މަރާލުމަށްފަހުގައޭ ބުނިއިރު، މަގުމަތީގައި ލޭ ކޮށާލެވި، ޤަތުލު ކުރުވެނީ ކިތައް މީހުން ތޯއެވެ؟ ތިމާގެ ޤައުމުގައި ތިބީ ހުސް ޓެރަރިސްޓުންކަމުގައި ބޭރު ދުނިޔޭގައި ހާމަކޮށްފައިވަނީ ކިތައްފަހަރު ހެއްޔެވެ؟
ހިތަށް އަހައިވާހަކައެއް ދީނުގެ ނަމުގައި އާއި ޢާއްމު ރައްޔިތުންގެ ނަމުގައި ގޮވަމުންދާއިރު ހަނދާކުރާށެވެ. ތިކަން އަހަރެމެން ނޯޓު ކުރަމުން އެބަދަމެވެ. އެކަމަކު ބުނަންހެއްޔެވެ. އަބަދު މިހެން ނޯޓު ކޮށްކޮށެއް ނުތިބޭނަމެވެ. ތާރީޚުން ޢިބްރަތް ލިބިގަންނާށެވެ.
އިސްލާމްދީންދެކެ ކިތަންމެ ރުޅިއަޔަސް ކުރާނެކަމެއްނެތެވެ. މިއީ ޙައްޤު ދީނެވެ. މި ދީން ނޫން އެހެން ހުރިހައި ދީނެއް ބާޠިލެވެ. އަދިވެސް އިތުރަށް ދަންނަވަންތޯއެވެ. އިސްލާމްދީން ނޫން އެހެން އެއްވެސް ދީނެއް ﷲ ޤަބޫލެއް ނުކުރައްވާނެއެވެ.

އަލްއަޚް އިބްނު ނޫޙް
No comments:
Post a Comment