ކާފަރުންގެ ޢީދުގައި ބައިވެރިވުން
ލިޔުނީ: އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް
ދިރިއުޅުމުގައި އެއްބަޔަކު އަނެއްބައެއް ކޮޕީކުރުމަކީ އިންސާނުންގެ ފިޠުރަތުގައި ހުންނަ ކަމެކެވެ. ތަފާތު ފަންނުތަކާއި މަސައްކަތްތަކުގައެވެ. ދިރިއުޅުމުގެ ވަސީލަތްތަކުގައާ ޢިލްމީ ހޯދުންތަކާއި ތަޖުރިބާ ތަކުގައި ނަމަ އެއީ މައްސަލައެއްވެސް ނޫނެވެ. ނަމަވެސް މައްސަލައަކީ އާދަކާދައާއި ދީނުގައިވެސް މި އެއްގޮތްވުންތައް ފެތުރެމުންދާ ކަމެވެ.
ޝައްކެއްނެތް ގޮތުގައި މުސްލިމުންނަކީ ވަކި ދީނަކާއި ޢަޤީދާއަކާއި ޝަރީޢަތެއް އޮތް ބައެކެވެ. މަތިވެރި އަދަބުތަކަކާއި ރިވެތި އަޚުލާގެއް އޮތް ބައެކެވެ. އަދިކިޔެއް، ދީނާއި ޢަޤީދާ އާއި އަޚްލާގުގެ ގޮތުން ދުނިޔެމަތީގައިވާ އެއްމެ ފުރިހަމަ، އެއްމެ ފުދުންތެރި، އެއްމެ މުސްތަޤިއްލު ބަޔަކީ މުސްލިމުންނެވެ. އެއީ މާތް ﷲ އެކަލާނގެ އެއްމެ ފަހުގެ ރަސޫލާ محمد صلى الله عليه وسلم ގެ މައްޗަށް ބާވައިލައްވާފައިވާ މާތްވެގެންވާ އިސްލާމް ދީނުގެ އަހުލުވެރީންނެވެ. މީސްތަކުންގެ ހަވާއާއި އަމިއްލަ އެދުންތަކާއި އޮޅުންބޮޅުންތަކުން ރައްކާތެރިވެފައިވާ ދީނަކީ ހަމަ އެކަނި އިސްލާމްދީން ކަމުގައިވާތީއެވެ.
އެހެން ދީންތަކުގެ އަހުލުވެރީންގެ އާދަކާދައާއި ފެޝަންތަކުގެ ސަބަބުން އަސަރު ކޮށްފާނެ ބަލިކަށި މުސްލިމުންގެ އަތުން މިދީނުގެ ސާފު ޢަޤީދާއާއި އަޅުކަމާއި އަޚްލާގަށް އެއްވެސް އުނިކަމެއް އަތުވެދާނެ ކަމަށްޓަކައި މިދީނުގައި އެއްވެސް މީހެއްގެ ޚިޔާލަށް އައުކަމެއް ކުރުމާއި އައުބަހެއް ބުނުމަކީ މަނާކަމެކެވެ. އަދި ޣައިރު މުސްލިމުންގެ އާދަކާދައާއި ފެޝަންތައް ކޮޕީކޮށް، އެމީހުނާއި އެއްގޮތްވުމަކީ ޙަރާމް ކަމެކެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ހަދީޘް ކުރައްވާފައިވެއެވެ. ((مَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ)) މާނައަކީ: "ބަޔަކާއި އެއްގޮތް ކޮށްފި މީހަކީ އެބައެއްގެ ތެރެއިން ވާ މީހެކެވެ."
ނަމަވެސް، އިލާހީ ކައުނީ ސުންނަތުގެ ދަށުން މިއުންމަތުގެ ތެރެއިން ބަލިކަށި ބަޔަކު ކާފަރުންނާއި ތަބާވާނެއެވެ. އެމީހުން ކުރާހައި ކަމެއްކޮށް، އުޅޭހއި ގޮތަކަށް އުޅޭނެއެވެ. އިތުރުއެކަލޭގެފާނުންގެ އަރިހުން ޞައްހަވެގެން ވެއެވެ. ((لَتَتَّبِعُنَّ سَنَنَ الَّذِينَ مِنْ قَبْلِكُمْ شِبْرًا بِشِبْرٍ وَذِرَاعًا بِذِرَاعٍ حَتَّى لَوْ دَخَلُوا فِي جُحْرِ ضَبٍّ لَاتَّبَعْتُمُوهُمْ)) މާނައަކީ: "ތިޔަބައިމީހުން (މުސްލިމުންކުރެ ބައެއްގެ މީހުން) ގެ ކުރީގެ އާދަތަކަށް ތަބާވާނެއެވެ. ކައިވަތަކަށް ކައިވަތެއްގެ މިންވަރު، އަދި މުށަކަށް މުށެއްގެ މިންވަރުން ތަބާވާނެއެވެ. އެއައިނުން އައިސް އެމީހުން ޟައްބު ހޮރަކަށް ވަދެއްޖެ ނަަމަވެސް އެމީހުންގެ ފަހަތުން ވަންނަ ހުއްޓެވެ." އަޞްޙާބުން ދެންނެވިއެވެ. يَا رَسُولَ اللَّهِ آلْيَهُودَ وَالنَّصَارَى؟ "ޔަހޫދީންނާއި ނަޞާރާއިންގެ ގޮތްތައް ތޯއެވެ؟" ހަދީޘްކުރެއްވިއެވެ. ((فَمَنْ)) "އެހެން ކޮންބައެއް ހެއްޔެވެ؟!" .
ޣައިރުމުސްލިމުންނަށް ތަބާވުމުގައި އެމީހުންގެ އާދަކާދައިގެ އިތުރުން އެމީހުންގެ ދީނުގެ ކަންތައްތަކަށް ދާންދެން މިއުންމަތުގެ ބައެއް މީހުން ކޮޕީކުރަން ފަށާފައި ވެއެވެ. ބައެއް މީހުން މުރުތައްދުވެދާ ދަރަޖައަށް އެމީހުނަށް ތަބާވެފައި ވެއެވެ. މާދަމާއަކީ އިތުރުއެކަލޭގެފާނުންގެ އިސްވެ ދިޔަ ބަސްފުޅުގެ ތެދުކަން ފާޅުވާނެ ދުވަހެކެވެ. ނަޞާރާއިންގެ އެއްމެ ބޮޑު ޢީދުކަމުގައިވާ ކްރިސްމަސް ދުވަހުގެ ތައްޔާރީ ކުރެވެމުން އަންނަނީ ޔޫރަޕްގައި އެކަންޏެއް ނޫނެވެ. އަދި ހަމައެކަނި ނަޞާރާއިން އެކަންޏެއްވެސް ނޫނެވެ. ހިތާމަޔާއި އެކުގައި ބުނެލަންޖެހެނީ މިކާފަރުންނާއި އެކުގައި މުސްލިމުންގެ ތެރެއިންވެސް މަދު ނޫން އަދަދެއްގެ ބަޔަކު އެމީހުންގެ ޢީދުތަކުގައި ބައިވެރިވާން ފަށާފައިވާ ވާހަކައެވެ. އިސްލާމީ ގައުމުތަކުގައި ވެސް މިކަން އަންނަނީ ދުވަހެއް ދުވަހަކަށް ގަދަވަރުންނެވެ. އިސްލާމީ ގައުމެއްކަމުގައި ބުނާ، މުސްލިމުންގެ އަޣުލަބިއްޔަތެއް ދިރިއުޅޭ މެލޭޝިއާގެ ކުއާލަ ލަމްޕޫރު ވެސް ކްރިސްމަސް އަށާއި ކްރިސްޓިއަނުންގެ އައު އަހަރަށް ތައްޔާރުވާ ގައުމުތަކުގެ ލިސްޓްގައި ވަރަށް އިސްކޮށް ފާހަގަކޮށްލެވެއެވެ. ޗައިނީޒް އެއް ހިންދޫއެއް މުސްލިމުންނެއް ތަފާތެއް ނެތި ހުރިހާ ކުދިބޮޑު ސުޕަރމާރކެޓް ތަކާއި ޝޮޕިންގްމޯލްތައް ވަނީ ނަޞާރާންގެ ކްރީސްމަސް އާއި އެމީހުންގެ ނިވްއިއަރގެ ތައްޔާރީތަކުން ޖަރީކުރެވިފައެވެ. ފިޠުރު ޢީދާއި އަޟްޙާ ޢީދަށް ވުރެވެސް ކުލަގަދަކޮށެވެ. فلا حول ولا قوة إلا بالله.
ގްލޯބަލައިޒޭޝަނޯލައެވެ! ހިއުމަން ބްރާދާހޫޑްއޯލައެވެ! ޓޮލެރެންސްއޯލައެވެ! އިސްލާމްދީނާއި މުސްލިމުންނާއި އިދިކޮޅަށް ސިއްރާއި ފާޅުގައި، ރެއާއި ދުވާލު، ހުރިހައި ގޮތަކުން ރޭވުންތައް ރާވައި، މިދީން ބަދުނާމު ކުރުމަށްޓަކައި ދޮގު ވާހަކަތައް ފަތުރައި، މިދީނުގެ ދަޢުވަތު މަނާކޮށް ޢިލްމުވެރިންނާއި ދުޢާތުންނަށް އަނިޔާކޮށް އެމީހުންގެ ލޭ އޮހޮރުވައި، އިސްލާމުންގެ ރަށްތައް ހިފާ ހިޞާރުކޮށް، މުސްލިމު އަންހެނުންގެ ޢިތްފަތް ފޭރި، ކުޑަކުދިންތައް ގަތުލުކޮށް އެމީހުންގެ މުދަލާއި ޘަރަވާތުތައް ފޭރެމުން އިންސާނީ އަޚުވަންތަކަމުގެ ނަމުގައި ކޮން ސަމާޙަތެއްތޯއެވެ! ކޮން ޓޮލެރެންސެއްތޯއެވެ! އެއީ ކާފަރުންގެ ގިނަ މީހުން ދަންނަ އެއްޗެއް ނޫނެވެ. އަދިކިޔެއް، ސަމާޙަތާއި އިންސާނީ މިނިވަންކަމާއި ސަމާޙަތަކީ އިސްލާމްދީނާއި އެދީނުގެ މާތް ނަބިއްޔާ ދަސްކޮށްދިން ކަމެކެވެ. އޭގެ މާނައަކީ އަޅުގަނޑުމެން މުސްލިމުން ﷲ އާއި އެކަލާނގެ ރަސޫލާގެ ދީނާއި މަންހަޖު ދޫކޮށް ޢަދާވާތްތެރިންގެ ފަސްބައިގައި އެލިގަތުމެއް ނޫނެވެ. ޣައިރުމުސްލިމުންގެ ޢީދުތަކާއި އެމީހުންގެ މުނާސަބާތްތަކުގައި ބައިވެރިވެ ތަހުނިޔާކިޔައި ވިޝްކުރުމަކީ މުސްލިމުންނަށް ޖާއިޒްކަމެއް ނޫނެވެ. އަދި އެފަދަ ކަންކަމުގައި ބައިވެރި ނުވުމަކީ ބޮޑާކަމެއް ނުވަތަ ކިބުރުވެރިކަމެއްވެސް ނޫނެވެ. އަދިކިޔެއް، ޔަހޫދީންނާއި ނަޞާރާއިންނާއި އެއްމެހައި މުޝްރިކުންނާއި ޚިލާފުވެ، ތަފާތުވުމަކީ ޚާއްސަކޮށް އެމީހުންގެ ޢީދުތަކާއި ދީނީ ޝިޢާރުތަކާއި ދުރުހެލިވުމަކީ އަޅުގަނޑުމެންގެ ދީނީ ވާޖިބެކެވެ. އީމާންކަމުގެ މައިގަނޑު ރުކުނެކެވެ. "خالفوا أهل الكتاب" އަހުލު ކިތާބީން (ޔަހޫދީންނާއި ނަޞާރާއިން) ނާއި ޚިލާފުވާށެވެ! އަދި "خالفوا المشركين" މުޝްރިކުންނާއި ޚިލާފުވާށެވެ! މިފަދައިން އިތުރުއެކަލޭގެފާނުން އެތައްކަމެއްގައި އެތަކެއް ފަހަރުމަތީން އަމުރުކުރައްވާފައިވެއެވެ.
މުސްލިމު އަޚުންނާއި އުޚްތުންނޭވެ! ތިބާއަކީ "لا إله إلا الله محمد رسول الله" ގެ މާތް ކަލިމައިގެ ސަބަބުން ދުނިޔޭގެ ހުރިހައި މިއްލަތެއްގެ މައްޗަށް މާތް ﷲ މާތް ކުރައްވާފައިވާ މީހެކެވެ. ﷲ އާ އެކަލާނގެ ރަސޫލާ އާއި ތިބާގެ ޢަދާވާތްތެރިންނަށް ލޯބި ނުކުރާށެވެ! އަދި އެބައިމީހުންގެ ޢީދުތަކާއި އާދަތަކުގައި ބައިވެރި ނުވާށެވެ! އެއީ ތިބާ އެމީހުންފަދަ މީހަކަށް ނުވުމަށްޓަކައެވެ. އޭރުން ތިބާ ދުވަހަކުވެސް ފަލާޙު ނުވާނެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. { يَا أَيُّهَا الَّذِينَ آمَنُوا لا تَتَّخِذُوا الْكَافِرِينَ أَوْلِيَاءَ مِنْ دُونِ الْمُؤْمِنِينَ ...} النساء 144. މާނައަކީ: "އޭ އީމާންވީ މީސްތަކުންނޭވެ! މުއުމިނުން ދޫކޮށް ކާފަރުންނަކީ ތިޔަބައިމީހުންގެ ގާތް ރަހުމަތްތެރިންކަމުގައި ނުހަދާށެވެ!.." އަދިވެސް ވަޙީކުރައްވާފައިވެއެވެ. { يَا أَيُّهَا الَّذِينَ آمَنُوا لا تَتَّخِذُوا عَدُوِّي وَعَدُوَّكُمْ أَوْلِيَاءَ ...} الممتحنة 1. މާނައަކީ: " އޭ އީމާންވީ މީސްތަކުންނޭވެ! ތިމަންރަސްކަލާނގެއާއި ތިޔަބައިމީހުންގެ ޢަދާވާތްތެރިންނަކީ ރަހުމަތްތެރިންކަމުގައި ނުހަދާށެވެ!" އެހެން ތަނެއްގައިވެސް ވަޙީކުރައްވާފައިވެއެވެ. { يَا أَيُّهَا الَّذِينَ آمَنُوا لا تَتَّخِذُوا الْيَهُودَ وَالنَّصَارَى أَوْلِيَاءَ بَعْضُهُمْ أَوْلِيَاءُ بَعْضٍ وَمَنْ يَتَوَلَّهُمْ مِنْكُمْ فَإِنَّهُ مِنْهُمْ ...} المائدة 51. މާނައަކީ: " އޭ އީމާންވީ މީސްތަކުންނޭވެ! ޔަހޫދީންނާއި ނަޞާރާއިންނަކީ ތިޔަބައިމީހުންގެ ގާތް ރަހުމަތްތެރިންކަމުގައި ނުހަދާށެވެ! އެމީހުނަކީ އެއްބަޔަކު އަނެއްބައެއްގެ ރަހުމަތްތެރީންނެވެ. ފަހެ ތިޔަބައިމީހުންކުރެ އެމީހުންނަކީ ރަހުމަތްތެރިންކަމުގައި ހަދައިފި މީހަކީ އެމީހުންގެ ތެރެއިން ވާ މީހެކެވެ." ބައެއްގެ ޢީދާއި އެބައެއްގެ އަޅުކަމުގައި ބައިވެރިވެ، ތަހުނިޔާ އާއި މުބާރަކު ބާދު ފޮނުވުމަށްވުރެ ވަކިން ބޮޑަށް އެބައެއް ދެކެ ލޯބިވެ، ރަހުމަތްެތެރިވެވޭނެ ގޮތެއް އޮންނާނެ ބާއެވެ؟!
وبالله التوفيق، وصلى الله وسلم وبارك على نبينا محمد وعلى آله وصحبه وسلم

No comments:
Post a Comment