Friday, November 5, 2010

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުން ޖާމިނުކަން ލިބިގަންނަމާތޯއެވެ؟

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުން ޖާމިނުކަން ލިބިގަންނަމާތޯއެވެ؟
ނިކަން ލޮބުވެތި رَسُولُ اللَّهِ صَلَّى اللَّهِ عَلَيْهِ وَسَلَّمَގެ މިޙަދީޘުފުޅާމެދު ވިސްނާލައްވާށެވެ! މާތް ﷲ ރުއްސުންލެއްވި ޢުބާދާ އިބްނު ޞާމިތުގެ އަރިހުން އިމާމު އަޙްމަދާއި އިބްނު ޙިއްބާން ރިވާކުރެއްވި މިޙަދީޘުފުޅުގައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رَسُولُ اللَّهِ صَلَّى اللَّهِ عَلَيْهِ وَسَلَّمَ ޙަދީޘުކުރެއްވިއެވެ. اضْمَنُوا لِي سِتًّا مِنْ أَنْفُسِكُمْ أَضْمَنْ لَكُمْ الْجَنَّةَ اصْدُقُوا إِذَا حَدَّثْتُمْ وَأَوْفُوا إِذَا وَعَدْتُمْ وَأَدُّوا إِذَا اؤْتُمِنْتُمْ وَاحْفَظُوا فُرُوجَكُمْ وَغُضُّوا أَبْصَارَكُمْ وَكُفُّوا أَيْدِيَكُمْ  މާނައީ: ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ އަރިހުގައި ހަކަމެއް ކުރާނެކަމުގެ ޖާމިނުކަމާއި ޔަޤީންކަން ދޭށެވެ! އެއިރުންތިމަންކަލޭގެފާނު އެހަކަމުގެ ބަދަލުގައި ތިޔަބައިމީހުންނަށް ސުވަރުގެ ލިބޭނެކަމާމެދު ޔަޤީންކަން ދެއްވައި، ޖާމިނުވެ ވަޑައިގަންނަވާހުށީމެވެ. އަޑުއަހާށެވެ! ތިމާ ދައްކާ ވާހަކައިގައި ތެދުބުނާށެވެ! ކުރާ ވަޢުދުތަކަށް ވަފާތެރިވާށެވެ! ތިމާއާއި ޙަވާލުކުރެވޭ އަމާނާތްތަކަށް ރައްކާތެރިވާށެވެ! ތިމާމެންގެ ޢައުރަ ރައްކައުތެރިކުރާށެވެ! ހުއްދަނޫން ތަންތަނަށް ބެލުމުން ތިމާމެންގެ ލޯ ސަލާމަތްކުރާށެވެ! އަދި ޙަރާމްވެގެންވާ ކަންތައްތަކުން ތިމާގެ އަތް ރައްކައުތެރިކުރާށެވެ! މިއެވެ.  ނޫރުލް އިސްލާމް

No comments:

Post a Comment

Related Posts Plugin for WordPress, Blogger...