ރަމަޟާންގެ ފައިދާ
މާތް ﷲ ވަޙީކުރައްވާފައިވެއެވެ. "شَهْرُ رَمَضَانَ الَّذِي أُنْزِلَ فِيهِ الْقُرْآنُ هُدًى لِلنَّاسِ وَبَيِّنَاتٍ مِنَ الْهُدَى وَالْفُرْقَانِ" (البقرة: 185) މާނައީ: "ރަމަޟާންމަހަކީ އެމަހެއްގައި ޤުރްއާން ބާވައިލެއްވުނު މަހެވެ. އެޤުރްއާން ބާވައިލެއްވުނީ މީސްތަކުންނަށް ހުރި ހިދާޔަތެއް ކަމުގައްޔާއި ޙައްޤާއި ބާޠިލުވަކިކޮށްދެނިވި ހެކިތަކެއްގެ ގޮތުގައެވެ."
ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާ ޙަދީޘްކުރެއްވިއެވެ. "مَنْ صَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ" البخاري 2014 ، ومسلم 760 މާނައީ: "އީމާންވެހުރެ ދަރުމައަށްއެދިގެން ރަމަޟާންމަހުގެ ރޯދަ ހިފައިފި މީހާގެ އިސްވެދިޔަހައި ފާފައެއް ފުއްސަވައިދެއްވާނެތެވެ."
رسول الله صلى الله عليه وسلم حديث ކުރެއްވިއެވެ.
إذا جاء رمضان فتحت أبواب الجنة , وغلقت أبواب النار , وصُفِّدت الشياطين " البخاري 1898 ، ومسلم 1079 މާނައީ: ރަމަޟާން މަސް އައުމުން ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުއްވެވެއެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދު ކުރެއްވެވެއެވެ. އަދި ނުކިޔަމަންތެރި ޝައިޠާނުން ކަސްތޮޅު އެޅުއްވެވެއެވެ.
رسول الله صلى الله عليه وسلم حديث ކުރެއްވިއެވެ.
الصلوات الخمس , والجمعة إلى الجمعة , ورمضان إلى رمضان , مكفرات ما بينهن إذا اجتنبت الكبائر " . "صحيح مسلم" 233
މާނައީ: ފަރުޟު ފަސްނަމާދާއި އެއް ހުކުރުން އަނެއް ހުކުރާއި އެއް ރަމަޟާން މަހުން އަނެއް ރަމަޟާން މަހަކީ އެދެމެދުގައި ކުރެވިފައިވާ ފާފަތަކުގެ ކައްފާރާއެކެވެ. ބޮޑު ފާފައަކަށް އަރައި ނުގަންނަނަމައެވެ.
ޤުދުސީ ޙަދީޘްފުޅެއްގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. އާދަމުގެ ދަރިއެއްގެ ހުރިހާ ޢަމަލެއްވަނީ އޭނާއަށެވެ."إلاَّ الصوم فإنّه لي وأنا أجزي به" - متفق عليه "ރޯދަ ފިޔަވައެވެ. އެރޯދަވަނީ ތިމަންރަސްކަލާނގެއަށެވެ. އަދި ރޯދައަށް ޖަޒާ ދެވާހުށީވެސް ތިމަންރަސްކަލާނގެވެ."
No comments:
Post a Comment